ޢާންމު މަޢުލޫމާތު
ނަންބަރު: IP/2018/2
ޕަބްލިޝްކުރި ތާރީޚް: 17 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 09:36
މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖަލްސާއިން ފާސްކުރާ ކަންކަން އިދާރީ މޭޒުތަކާއި ޙަވާލުކުރާނެ ގޮތުގެ އުޞޫލް

ޖަލްސާއިން ފާސްކުރާ ކަންކަން އިދާރީ މޭޒުތަކާއި ޙަވާލުކުރާނެ ގޮތުގެ ޢުޞޫލް

މިއީ މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލުން ފާސްކުރާ ކަންކަން ތަންފީޒުކުރުމަށް އިދާރީ މޭޒުތަކަށް ޙަވާލުކުރުމަށް އެކުލަވާލެވިފައިވާ އުޞޫލެކެވެ. މިއުޞޫލަށް ކިޔާނީ "ޖަލްސާއިން ފާސްކުރާ ކަންކަން އިދާރީ މޭޒުތަކާއި ޙަވާލުކުރާނެ ގޮތުގެ އުޞޫލް" އެވެ.

1

ތަޢާރަފާއި ނަން

މިއީ މިލަދުންމަޑުލު އުތުރުބުރީ ކައުންސިލުން، ކައުންސިލްގެ ޢާއްމު ޖަލްސާއިން ނުވަތަ ކުއްލި ޖަލްސާއިން ފާސްކުރާ ކަންކަން، ވީއެންމެ އަވަހަކަށް ތަންފީޒުކުރުމަށް އިދާރީ މޭޒުތަކަށް ޙަވާލުކުރުމަށް އެކުލަވާލެވިފައިވާ އުޞޫލެކެވެ.

2

މަޤްޞަދު

މިއުޞޫލަށް އަމަލުކުރަންވާނީ އުޞޫލް މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލުން ފާސްކޮށް ޢާއްމުކުރާ ދުވަހުން ފެށިގެންނެވެ.

3

އަމަލުކުރަންފަށާ ތާރީޙް     

ކަނޑިތީމު ކައުންސިލްގެ ޢާއްމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހަކީ ބުދަ ދުވަހެވެ. މިޖަލްސާއިން ފާސްކުރާ ކަންކަން އިދާރީ މޭޒުތަކަށް ޙަވާލުކުރުމުގައި ޢަމަލުކުރާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.

(ހ) ކައުންސިލްގެ ޢާއްމު ޖަލްސާ ނިމި، ރަސްމީ 1 (އެކެއް) ދުވަސް ތެރޭގައި ޖަލްސާއިން ފާސްކުރި ކަންކަން، ކައުންސިލްގެ ނިންމުމުގެ ގޮތުގައި ކައުންސިލް ބިއުރޯ ލިޔެ، ކައުންސިލްގެ ނިންމުމުގައި ސޮއި ކުރުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންނަށް ފޮނުވަންވާނެއެވެ.

(ށ) ކައުންސިލްގެ މެމްބަރަށް ނިންމުން ލިބުމުން ގިނަވެގެން 1 (އެކެއް) ގަޑިއިރު ތެރޭގައި ނިންމުމުގައި މައްސަލައެއްވާނަމަ އެކަން އިސްލާޙު ކުރުމަށް ކައުންސިލްގެ ބިއުރޯއަށް ދަންނަވަންވާނެއެވެ. އަދި މައްސަލައެއް ނެތްނަމަ ގިނަވެގެން 1 (އެކެއް) ގަޑިއިރު ތެރޭގައި ނިންމުމުގައި ސޮއިކޮށް ބިއުރޯއަށް އަންގަންވާނެއެވެ.

(ނ) ކައުންސިލްގެ މެމްބަރުން ނިންމުމުގައި ސޮއިކުރަމުންގެންދާއިރު، ކައުންސިލްގެ ބިއުރޯ އިދާރީ މޭޒުތަކަށް ކައުންސިލްގެ ޖަލްސާއިން ފާސްކުރި ކަންކަން އިދާރީ މޭޒުތަކަށް ޙަވާލުކުރުމަށް އޮފީސް މެމޯ ތައްޔާރުކުރަންވާނެއެވެ.

(ރ) ނިންމުމުގައި މެމްބަރުން ސޮއިކޮށް ނިމުމުން، އޮފީސް މެމޯގައި ކައުންސިލްގެ ބިއުރޯ ސޮއިކޮށް، ނިންމުމުގެ ކޮޕީއެއް މައްސަލައާއިގުޅޭ އިދާރީ މޭޒަށް ކައުންސިލްގެ ޖަލްސާ ނިމި، ރަސްމީ 2 (ދޭއް) ދުވަސް ތެރޭގައި ފޮނުވަންވާނެއެވެ. އަދި، މައްސަލައާއި ގުޅޭ އިދާރީ މުވައްޒަފު މެމޯގައި ކައުންސިލްގެ ޖަލްސާއިން ފާސްކުރި ނިންމުން ލިބުނުކަމަށް ސޮއިކޮށް ކޮޕީ ކައުންސިލް ބިއުރޯ ނަގަންވާނެއެވެ. އަދި އެކޮޕީ ކައުންސިލްގެ ނިންމުމާއިއެކު ފައިލްކުރަންވާނެއެވެ.

4

ޢާއްމު ޖަލްސާއިން ފާސްކުރާ ކަންކަން އިދާރީ މޭޒުތަކަށް ޙަވާލުކުރުން.

ކައުންސިލްގެ ޢާއްމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހަކީ ބުދަ ދުވަސް ކަމުގައިވީނަމަވެސް، ކައުންސިލުން ކުއްލި ޖަލްސާއެއް ބާއްވަން ފެނިއްޖެ ހިނދެއްގައި ކުއްލި ޖަލްސާ ބޭއްވޭނެއެވެ. ކުއްލި ޖަލްސާއިން ފާސްކުރާ ކަންކަން އިދާރީ މޭޒުތަކަށް ޙަވާލުކުރުމުގައި ޢަމަލުކުރާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.

(ހ) ކައުންސިލްގެ ކުއްލި ޖަލްސާ ނިމި، 3 (ތިނެއް) ގަޑިއިރު ތެރޭގައި ޖަލްސާއިން ފާސްކުރި ކަންކަން، ކައުންސިލްގެ ނިންމުމުގެ ގޮތުގައި ކައުންސިލް ބިއުރޯ ލިޔެ، ކައުންސިލްގެ ނިންމުމުގައި ސޮއި ކުރުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންނަށް ފޮނުވަންވާނެއެވެ.

(ށ) ކައުންސިލްގެ މެމްބަރަށް ނިންމުން ލިބުމުން ގިނަވެގެން 1 (އެކެއް) ގަޑިއިރު ތެރޭގައި ނިންމުމުގައި މައްސަލައެއްވާނަމަ އެކަން އިސްލާޙު ކުރުމަށް ކައުންސިލްގެ ބިއުރޯއަށް ދަންނަވަންވާނެއެވެ. އަދި މައްސަލައެއް ނެތްނަމަ ގިނަވެގެން 1 (އެކެއް) ގަޑިއިރު ތެރޭގައި ނިންމުމުގައި ސޮއިކޮށް ބިއުރޯއަށް އަންގަންވާނެއެވެ.

(ނ) ކައުންސިލްގެ މެމްބަރުން ނިންމުމުގައި ސޮއިކުރަމުންގެންދާއިރު، ކައުންސިލްގެ ބިއުރޯ އިދާރީ މޭޒުތަކަށް ކައުންސިލްގެ ޖަލްސާއިން ފާސްކުރި ކަންކަން އިދާރީ މޭޒުތަކަށް ޙަވާލުކުރުމަށް އޮފީސް މެމޯ ތައްޔާރުކުރަންވާނެއެވެ.

(ރ) ނިންމުމުގައި މެމްބަރުން ސޮއިކޮށް ނިމުމުން، އޮފީސް މެމޯގައި ކައުންސިލްގެ ބިއުރޯ ސޮއިކޮށް، ނިންމުމުގެ ކޮޕީއެއް މައްސަލައާއިގުޅޭ އިދާރީ މޭޒަށް ކައުންސިލްގެ ޖަލްސާ ނިމި، 6 (ހައެއް) ގަޑިއިރު ތެރޭގައި ފޮނުވަންވާނެއެވެ. އަދި، މައްސަލައާއި ގުޅޭ އިދާރީ މުވައްޒަފު މެމޯގައި ކައުންސިލްގެ ޖަލްސާއިން ފާސްކުރި ނިންމުން ލިބުނުކަމަށް ސޮއިކޮށް ކޮޕީ ކައުންސިލް ބިއުރޯ ނަގަންވާނެއެވެ. އަދި އެކޮޕީ ކައުންސިލްގެ ނިންމުމާއިއެކު ފައިލްކުރަންވާނެއެވެ.

5

ކުއްލި ޖަލްސާއިން ފާސްކުރާ ކަންކަން އިދާރީ މޭޒުތަކަށް ޙަވާލުކުރުން.

މި އުޞޫލުގެ އެއްވެސް މާއްދާއަކަށް ބަދަލު ގެނެވޭނީ އެބަދަލެއް ނުވަތަ އެ އިސްލާހެއް ކައުންސިލަށް ހުށަހަޅާ ފާސްކޮށްގެނެވެ.

6

އުޞޫލަށް ބަދަލު ގެނައުން

17 އޭޕްރިލް 2018