ޢާންމު މަޢުލޫމާތު
ނަންބަރު: IP/2018/1
ޕަބްލިޝްކުރި ތާރީޚް: 12 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 09:30
މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މެމްބަރުންގެ މަޞްލަޙަތު ފުށުއަރާ ޙާލަތުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލް

 މެމްބަރުންގެ މަޞްލަޙަތު ފުށުއަރާ ޙާލަތުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލް

މިއީ މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ މެމްބަރުންގެ މަޞްލަޙަތު ފުށުއަރާ ޙާލަތުގައި ކައުންސިލުން ޢަމަލު ކުރާނެ ގޮތުގެ އުޞޫލެވެ. މިއުޞޫލަށް ކިޔާނީ "މެމްބަރުންގެ މަޞްލަޙަތު ފުށުއަރާ ޙާލަތުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލް" މިއެވެ.

1

ތަޢާރަފާއި ނަން

 

މިއީ މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އެއްވެސް މެމްބަރެއް ނުވަތަ މެމްބަރެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ ދަރިއެއްގެ މަޞްލަޙަތު ހިމެނޭ ނުވަތަ އެމެމްބަރެއްގެ އަމިއްލަ ފައިދާއެއް ނުވަތަ ދައުރެއްއޮތް ކަމަކާމެދު ކައުންސިލްގައި މަޝްވަރާކުރާނަމަ މިފަދަ ޙާލަތުގައި އެމެމްބަރަކު ޢަމަލުކުރާނެ ގޮތް އަންގައިދިނުމަށް ހެދިފައިވާ އުޞޫލެކެވެ. އަދި މެމްބަރުގެ މަޞްލަޙަތު ފުށުއަރާ މައްސަލައެއް އެޖެންޑާ ކުރެވިފައިވާ ބައްދަލުވުމެއްގައި މެމްބަރު ބައިވެރިވުމަށް މިއުޞޫލް ހުރަހެއް ނާޅައެވެ.

2

މަޤްސަދު

މިއުޞޫލަށް އަމަލުކުރަންވާނީ އުޞޫލް މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލުން ފާސްކޮށް ޢާއްމުކުރާ ދުވަހުން ފެށިގެންނެވެ.

3

އަމަލުކުރަންފަށާ ތާރީޙް     

ކައުންސިލްގެ ޢާއްމު ބައްދަލުވުމަށް މެމްބަރުގެ މަޞްލަޙަތު ފުށުރުއަރާ މައްސަލައެއް އެޖެންޑާ ކުރެވިފައި ޙާލަތުގައި ޢަމަލުކުރާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.

(ހ) މެމްބަރުގެ މަޞްލަޙަތު ފުށުއަރާ މައްސަލައެއް އެޖެންޑާ ކުރެވިފައިވާ ޖަލްސާއެއްގައި ޖަލްސާތަކުގައި މެމްބަރުން ބައިވެރިވުމުގެ ޢާއްމު އުޞޫލްގެ ދަށުން ޖަލްސާ ފެށޭގަޑިއަށް ހާޒިރުވާންވާނެއެވެ.

(ށ) މެމްބަރުގެ މަޞްލަޙަތު ފުށުއަރާ މައްސަލައަށް ބަހުޘް ކުރުމަށް ރިޔާސަތުން ހުޅުވާލުމުން، ޖަލްސާކުރާ މާލަމުން އެމެމްބަރަކު ނިކުންނަންވާނެއެވެ. އަދި ބައްދަލުވުމުގެ ޔަވްމިއްޔާގައި އެކަން ފާހަގަކުރަންވާނެއެވެ.

(ނ) މައްސަލައަށް ބަހުޘްކޮށް ނިމުމުން އެހެނިހެން މައްސަލަތަކަށް ބަހުޘް ކުރުމަށް އެމެބަރަކު އަނެއްކާވެސް ޖަލްސާގައި ބައިވެރިވަންވާނެއެވެ. އަދި ބައްދަލުވުމުގެ ޔަވްމިއްޔާގައި އެކަން ފާހަގަކުރަންވާނެއެވެ.

(ރ) އެޖެންޑާ ކުރެވިފައިވާ މައްސަލަތަކަށް ހުށައެޅިފައިވާ ހުށައެޅުންތަކަށް ވޯޓަށް އަހާ ވަޤުތު، މެމްބަރުގެ މަސްލަޙަތު ފުށުއަރާ މައްސަލައަށް ވޯޓަށް އެހުމުގެ ކުރިން އެމެމްބަރަކު ޖަލްސާކުރާ މާލަމުން ނިކުންނަން ވާނެއެވެ. އަދި ވޯޓު ނަގާ ނިމުމުން އެމެމްބަރަކު ޖަލްސާގައި ބައިވެރިވަންވާނެއެވެ. މިކަންވެސް ބައްދަލުވުމުގެ ޔަވްމިއްޔާގައި ފާހަގަކުރަންވާނެއެވެ.

4

ކައުންސިލްގެ ޢާއްމު ބައްދަލުވުމަށް މެމްބަރުގެ މަޞްލަޙަތު ފުށުއަރާ މައްސަލައެއް އެޖެންޑާ ކުރެވިފައިވާ ޙާލަތުގައި ޢަމަލުކުރާނެ ގޮތް  

ކައުންސިލްގެ ޢާއްމު ބައްދަލުވުމަށް، ބައްދަލުވުމުގެ ރިޔާސަތުގެ މަޞްލަޙަތު ފުށުއަރާ މައްސަލައެއް އެޖެންޑާ ކުރެވިފައިވާ ޙާލަތުގައި ޢަމަލުކުރާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.

(ހ) ބައްދަލުވުމުގެ ރިޔާސަތުގެ މަޞްލަޙަތު ފުށުއަރާ މައްސަލައެއް އެޖެންޑާ ކުރެވިފައިވާ ޖަލްސާއެއްގައި، ޖަލްސާތަކަށް މެމްބަރުން ހާޒިރުވުމުގެ ޢާއްމު އުޞޫލްގެ ދަށުން ޖަލްސާ ފެށޭ ގަޑިއަށް ހާޒިރުވާންވާނެއެވެ. އަދި ޢާއްމު އުޞޫލްގެ ދަށުން ޖަލްސާ ކުރިއަށް ގެންދަންވާނެއެވެ.

(ށ) ބައްދަލުވުމުގެ ރިޔާސަތުގެ މަޞްލަޙަތު ފުށުއަރާ މައްސަލައާއި ހަމައަށް ވާޞިލްވުމުން، ބައްދަލުވުމުގެ ރިޔާސަތު، ކައުންސިލްގެ ނާއިބް ރައީސް ނުވަތަ މެމްބަރއަށް ބައްދަލުވުމުގެ ރިޔާސަތު ޙަވާލުކޮށް، ޖަލްސާކުރާ މާލަމްއިން ނިކުންނަންވާނެއެވެ. ނަމަވެސް މިގޮތަށް ރިޔާސަތާއި ޙަވާލުވެ ކައުންސިލްގެ ނާއިބް ރައީސް ނުވަތަ މެމްބަރ ޖަލްސާ ކުރިއަށް ގެންދަންވާނީ ޖަލްސާގެ ކޯރަމް ހަމަވާކަމުގައި ވަނީނަމައެވެ. އަދި މިކަން ޖަލްސާގެ ޔަވްމިއްޔާގައި ފާހަގަކުރަންވާނެއެވެ.

(ނ) މަޞްލަޙަތު ފުށުއަރާ މައްސަލައަށް ބަޙުޘްކޮށް ނިމުމުން، ބައްދަލުވުމުގައި ބައިވެރިވެ ބައްދަލުވުމުގެ ރިޔާސަތު ކަމާއި ޙަވާލުވާންވާނެއެވެ. އަދި ދެންހުރި މައްސަލަތަކަށް ބަހުޘްކުރަންވާނެއެވެ. މިކަން ޖަލްސާގެ ޔަވްމިއްޔާގައި ފާހަގަކުރަންވާނެއެވެ.

(ރ)  އެޖެންޑާ ކުރެވިފައިވާ މައްސަލަތަކަށް ހުށައެޅިފައިވާ ހުށައެޅުންތަކަށް ވޯޓަށް އަހާ ވަޤުތު، ތަރުތީބުން ވޯޓަށް އަހަމުންގެންދަންވާނެއެވެ. އަދި މަޞްލަޙަތު ފުށުއަރާ މައްސަލައާއި ޖެހުމުން، މިނަމްބަރުގެ (ށ)ގައިވާގޮތުގެ މަތީން ޢަމަލުކުރަންވާނެއެވެ. އަދި ވަޤުތީގޮތުން ޙަވާލުވާ ރިޔާސަތު މައްސަލައަށް ވޯޓަށް އަހަންވާނެއެވެ. މިކަން ޖަލްސާގެ ޔަވްމިއްޔާގައި ފާހަގަކުރަންވާނެއެވެ.

(ބ) މަޞްލަޙަތު ފުށުއަރާ މައްސަލައަށް ވޯޓަށް އަހާނިމުމުން، ބައްދަލުވުމުގައި ބައިވެރިވެ ބައްދަލުވުމުގެ ރިޔާސަތުކަމާއި ޙަވާލުވާންވާނެއެވެ. އަދި ދެންހުރި މައްސަލަތަކަށް ވޯޓަށް އަހާ ވޯޓުގެ މަރުޙަލާ ނިންމަންވާނެއެވެ. މިކަން ޖަލްސާގެ ޔަވްމިއްޔާގައި ފާހަގަކުރަންވާނެއެވެ.

5

ބައްދަލުވުމުގެ ރިޔާސަތުގެ މަޞްލަޙަތު ފުށުއަރާ މައްސަލައެއް އެޖެންޑާ ކުރެވިފައިވާ ޙާލަތުގައި ޢަމަލުކުރާނެ ގޮތް          

މި އުޞޫލުގެ އެއްވެސް މާއްދާއަކަށް ބަދަލު ގެނެވޭނީ އެބަދަލެއް ނުވަތަ އެ އިސްލާހެއް ކައުންސިލަށް ހުށަހަޅާ ފާސްކޮށްގެނެވެ.

6

އުޞޫލަށް ބަދަލު ގެނައުން

 

 

 

12 އޭޕްރިލް 2018