ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-SHRD/IUL/2020/53
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 18:51
ސުންގަޑި: 17 ޑިސެންބަރު 2020 14:00
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސިވިލް ސަރވިސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލުން

ސިވިލް ސަރވިސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު

އާންމުކޮށް ހުޅުވާލުން

ސިވިލް ސަރވިސް ކޮމިޝަނުން ހުސްވެފައިވާ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތާއި ޒިންމާ އަދި ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލާ ފަރާތްތައް ސްކްރީންކުރުމާއި، ޝޯޓްލިސްޓް ކުރުމާއި، މަގާމަށް މީހަކު ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލު މި އިޢުލާނާއެކު ކޮމިޝަނުގެ ވެބްސައިޓް (www.csc.gov.mv) ގައި ވާނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ކޮމިޝަނުގެ ނަންބަރު 3307356/3307362 ފޯނަށް ގުޅުއްވުން އެދެމެވެ.

މަޤާމުގެ އަސާސީ ޝަރުޠު

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު؛ ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 6 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު؛ ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

މުސާރައާއި އިނާޔަތްތައް

މި މަޤާމުގެ އަސާސީ މުސާރައަކީ މަހަކު 20،500.00 (ވިހިހާސް ފަސް ސަތޭކަ) ދިވެހި ރުފިޔާއެވެ. އަދި ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 15،000.00 (ފަނަރަ ހާސް) ދިވެހި ރުފިޔާއެވެ.

ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެގޮތް

ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން، ތިރީގައިމިވާ ލިޔުންތައް 2020 ޑިސެންބަރު 17 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން މި ކޮމިޝަނުގެ އިދާރާ (މަޖީދީ މަގު، މާލެ، 20040) އަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތީގެ ތެރެއިން ނަންބަރު (7) އަދި (8) ގައި ބަޔާންކޮށްފައިވާ ލިޔުންތައް ސުންގަޑި ހަމަވުމުގެ ފަހުން ބަލައި ނުގަނެވޭނެއެވެ. އަދި ސުންގަޑި ހަމަވުމުގެ ފަހުން ހުށަހެޅޭ އެއްވެސް އައު އެޕްލިކޭޝަނެއް ބަލައިނުގަނެވޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި

  1. ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު (މި ފޯމު މި ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv އިން މި ފޯމު ޑައުންލޯޑު ކުރެވޭނެއެވެ.)
  2. ސެކްރެޓަރީ ޖެނެރަލްގެ ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސްގެ ކޮޕީ
  3. ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއް ނަމަ، ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ހޮވިއްޖެ ނަމަ، ވަޒީފާއިން ދޫކުރުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ އިޤްރާރު (ކޮމިޝަނުގެ ވެބްސައިޓު  www.csc.gov.mv އިން މި އިޤްރާރު ޑައުންލޯޑު ކުރެވޭނެއެވެ.)
  6. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގައި ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަންމަ، ބައްޕަ، ދަރިއެއް، އަނތްބެއް، ފިރިއަކު،  އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހެއް ނެތްކަން އަންގައިދޭ ލިޔުން. ނުވަތަ، ބުނެވިދިޔަ މީހުން ކުރެ މީހަކު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގައި ހުރެ، ކުރިމަތިލާ މީހާ ހޮވިއްޖެ ނަމަ، އެ ހުރި މީހަކު ވަޒީފާ ބަދަލުކުރުމަށް ނުވަތަ އިސްތިއުފާ ދިނުމަށް އެއްބަސްވާކަމުގެ ލިޔުން.
  7. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  8. ހިންގުމުގެ ތަޖުރިބާ ހާމަކޮށްދިނުމުގެ ގޮތުން ހުށަހަޅާ ތަޖުރިބާގެ ލިޔުންތައް (މީގެ ތެރޭގައި އިދާރާއިން ދޫކުރާ ތަޖުރިބާގެ ލިޔުންތަކާއި، އުވައިލައިފައިވާ ތަންތަނުގެ ނަމަ ރެފަރެންސް ޗެކް ފޯމާއި، ވަގުތީ ގޮތުން ހިންގުމާ ޙަވާލުވެ ހުންނަ މުއްދަތުތައް އަންގައިދޭ ލިޔުންތައް ހިމެނެއެވެ. އަދި ތަޖުރިބާގެ ލިޔުމެއް އިދާރާއަކުން ތައްޔާރުކުރެވިދާނެ ގޮތުގެ ނަމޫނާއެއް ސެކްރެޓަރީ ޖެނެރަލްއަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލު 2020 ގެ ޖަދުވަލު 6 ގައި ހިމަނާފައިވާނެއެވެ.)

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތުތައް (އަހަރާއި މަހާއި ދުވަސް އެނގޭ ގޮތަށް) އަދި މަސްއޫލިއްޔަތު (އެއް އިދާރާއެއްގައި ތަފާތު ވަޒީފާތަކުގައި މަސައްކަތްކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާތަކާއި، ވަޒީފާ އަދާކުރި މުއްދަތުތަކާއި (އަހަރާއި މަހާއި ދުވަސް އެނގޭ ގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގައި ތަފާތު ވަޒީފާތަކުގައި މަސައްކަތްކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާތަކާއި، ވަޒީފާ އަދާކުރި މުއްދަތުތަކާއި (އަހަރާއި މަހާއި ދުވަސް އެނގޭ ގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގައި ތަފާތު ވަޒީފާތަކުގައި މަސައްކަތްކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ޖަމްޢިއްޔާ/ޖަމާޢަތަކުން ދޫކޮށްފައިވާ ލިޔުން. (ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި އަދާކޮށްފައިވާ ވަޒީފާއަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ތަޖުރިބާގެ ލިޔުމުގައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެ ކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ) އުވައިލައިފައިވާ ދައުލަތުގެ އިދާރާތަކާއި، އަމިއްލަ ކުންފުނިތަކާއި އަމިއްލަ އިދާރާތަކާއި، ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތުގެ ތަޖުރިބާ ހާމަކޮށްދޭ ލިޔުމެއް އެ އިދާރާއެއް އުވައިލައިފައިވުމުގެ ސަބަބުން އެޕްލިކެންޓަށް ލިބެންނެތްނަމަ، ނުވަތަ އެ ފަދަ ތަނަކުން ކުރިން ދޫކޮށްފައިވާ ލިޔުމުގައި ފުރިހަމަވާންޖެހޭ މަޢުލޫމާތު ފުރިހަމަނުވާ ނަމަ، ތަޖުރިބާ ހާމަކޮށްދޭ އެ ތަނެއްގެ ލިޔުމުގެ ބަދަލުގައި ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލުގެ ޖަދުވަލު 7 ގައިވާ "ރެފަރެންސް ޗެކް ފޯމް" ހުށަހެޅިދާނެއެވެ.

އިމްތިޙާނުކުރުމާއި، އިންޓަރވިއު އާއި ޕްރެޒެންޓޭޝަން ހުށަހެޅުން

ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހަކު ހޮވުމަށް މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކަށް އިމްތިޙާން ދިނުމާއި، އިންޓަރވިއުއަކާއެކު ޕްރެޒެންޓޭޝަން ހުށަހެޅުން 2020 ޑިސެންބަރު 18 ން 2020 ޑިސެންބަރު 30 އާ ދެމެދު މާލޭގައި އޮންނާނެއެވެ. މި ތާރީޚަށް ބަދަލު އަތުވެއްޖެ ނަމަ އަންގާނެ ވާހަކަ ދަންނަވެމެވެ. 

ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނާއި، އިންޓަރވިއުއާއެކު ޕްރެޒެންޓޭޝަން ހުށަހެޅުއްވުމަށް ހާޟިރުވެވަޑައިގަތުމަށް ތައްޔާރުވެވަޑައިގެން ތިއްބެވުމަށް ވެސް ދަންނަވަމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު ޢާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި "ވަޒީފާއަށް އެންމެ ގާބިލް ފަރާތް ހޮވުމަށް ޕޮއިންޓު ދެވުނު ގޮތުގެ ޝީޓް" ޢާންމުކޮށް ފެންނާނެހެން މި ކޮމިޝަނުގެ ވެބްސައިޓްގައި ޝާޢިއު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ، އެ ޝީޓް ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ. ޝަކުވާ ހުށަހަޅާނީ ސިޓީ މެދުވެރިކޮށް ނުވަތަ ކޮމިޝަނުގެ [email protected] އީ-މެއިލް އަށެވެ.

06 ޑިސެންބަރު 2020