ޢާންމު މަޢުލޫމާތު
ނަންބަރު: 182-FCD/IUL/2020/17
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 17:14
ސުންގަޑި: 12 ޑިސެންބަރު 2020 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
"ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް، ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުންކުރުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާޢިދު" ގައި ބަޔާންކޮށްފައިވާ "ކަނޑައެޅިފައިވާ އުފެއްދުން"ތަކާއި ގުޅޭ

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

މިނިސްޓްރީ އޮފް ހެލްތު

މާލެ،ދިވެހިރާއްޖެ.

އިޢުލާން

"ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް،ދިވެހިރާއްޖެއަށް އެތެރެކުރުމާއި،އުފެއްދުމާއި،ވިޔަފާރީގައި ބޭނުންކުރުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާޢިދު" ގައި ބަޔާންކޮށްފައިވާ "ކަނޑައެޅިފައިވާ އުފެއްދުން"ތަކާއި ގުޅޭ

               "ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް، ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުންކުރުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާޢިދު" (ނަންބަރު:MFDA-FS/R1:2008) ގައި ބަޔާންކޮށްފައިވާ "ކަނޑައެޅިފައިވާ އުފެއްދުން" ދިވެހިރާއްޖެއަށް އިންޕޯޓު ކުރުމުގެ ކުރިން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި ރަޖިސްޓްރީ ކުރަން ޖެހެއެވެ. މިގޮތުން ރަޖިސްޓްރީކުރާ އުފެއްދުންތައް  އިންޕޯޓްކުރުމަށްފަހު، އެ އުފެއްދުން ފޯރުކޮށްދިނުމާއި، ވިއްކުމާއި އަދި ވިއްކަން ބެހެއްޓުމުގެ ކުރިން މި އޮތޯރިޓީން ފާސްކޮށްފައިވާ ލޭބަލްއާ އެއްގޮތަށް ލޭބަލް ކުރަންވާނެއެވެ. އަދި އެ ލޭބަލްގައި އިންޕޯޓްކުރި ފަރާތްވެސް ހިމަނަންވާނެއެވެ. ނަމަވެސް ރަޖިސްޓްރީ ކޮށްގެން އިންޕޯޓުކުރާ އުފެއްދުންތައް ރަޖިސްޓްރީކުރި ޝަރުތާއި ޚިލާފަށް ފޯރުކޮށްދިނުމާއި، ވިއްކުމާއި އަދި ވިއްކަން ބަހައްޓާކަން، މި އޮތޯރިޓީގެ  އިންސްޕެކްޝަންތަކުން ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން ރަޖިސްޓްރީނުކުރާ އުފެއްދުންތައް ވިއްކަން ބަހައްޓާ ކަންވެސް ވަނީ ފާހަގަކުރެވިފައެވެ.

އެހެންކަމުން ޤަވާޢިދާ އެއްގޮތަށް ރަޖިސްޓްރީކޮށް އަދި އުފެއްދުންތައް ރަޖިސްޓްރީ ކުރި ޝަރުތާއި އެއްގޮތަށް ފޯރުކޮށްދިނުމާއި، ވިއްކުމާއި އަދި ވިއްކަން ބެހެއްޓުމަށް އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. އަދި މިހާރު ރަޖިސްޓްރީކޮށްގެން ވިއްކަންބަހައްޓާފައިވާ އުފެއްދުންތަކުގެ ލޭބަލް 31 ޑިސެންބަރު 2020 ވާ ބުރާސްފަތި ދުވަހާ ހަމައަށް މިއޮތޯރިޓީން ފާސްކޮށްފައިވާ ލޭބަލް އާއި އެއްގޮތަށް އިސްލާހުކުރުމަށް އަންގަމެވެ. އަދި މި ތާރީޚްގެ ފަހުން ޤަވާޢިދާ ޚިލާފަށް ލޭބަލްކޮށްފައިވާ އުފެއްދުންތައް ވިއްކަން ބެހެއްޓުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ. އަދި މިގޮތަށް ޢަމަލު ނުކުރާ ފަރާތްތަކާއި މެދު ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި އަންގާ އިޢުލާން ކުރީމެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި ނަމަ މި އޮތޯރިޓީގެ ނަންބަރު 3014361 އަދި އޮފީސް ބަންދު ގަޑީގައި ނަމަ މި އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7603204 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

06 ޑިސެންބަރު 2020