ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MMPRC-HR/1/2020/31
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 17:05
ސުންގަޑި: 16 ޑިސެންބަރު 2020 15:00
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އައި.ޓީ. އެޑްމިނިސްޓްރޭޓަރ

                                       މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ 

 

                                             އިޢުލާން ނަންބަރު: 31/IUL)MMPRC-HR/1/2020)

 

 

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން:  އައި. ޓީ އެޑްމިނިސްޓްރޭޓަރ

މުސާރަ (މަހަކު) : -/7,080 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް: -/2,360  ރުފިޔާ މަހަކު

ޑެއިލީ އެލަވަންސް: -/2,360  ރުފިޔާ މަހަކު

- އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: އިންފޮމޭޝަން ޓެކްނޮލޮޖީ

ބޭނުންވާ އަދަދު: 1

1- ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

  ހ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 7 ހާސިލްކޮށްފައިވުން ނުވަތަ،

  ށ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 6 ހާސިލްކޮށްފައިވުމާއިއެކު، މަޤާމާއި ގުޅޭ ދާއިރާއެއްގައި      މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ،

 ނ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 5 ހާސިލްކޮށްފައިވުމާއިއެކު، މަޤާމާއި ގުޅޭ ދާއިރާއެއްގައި        މަދުވެގެން 2  އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

2- މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- މިކޯޕަރޭޝަނުގެ ހާޑްވެއަރ އަދި ނެޓްވޯކިންގެ އެންމެހާ މަސައްކަތްތައް ސުޕަރވައިޒަރުގެ ލަފާގެ ދަށުން ބެލެހެއްޓުން

- މިކޯޕަރޭޝަނުގެ ސަރވާ ބެލެހެއްޓުމާއި ސަރވާއާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ކުރުން

- މިކޯޕަރޭޝަނަށް ބޭނުންވާ ސޮފްޓްވެއަރ ދެނެގަނެ، ހޯދަންޖެހޭ ސޮފްޓްވެއަރތައްހޯދައި، އަޕްޑޭޓްކޮށް ބެލެހެއްޓުން.

- މިކޯޕަރޭޝަންގެ ކޮމްޕިއުޓަރތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް އަޕްޑޭޓް ކޮށް ބެލެހެއްޓުން.

- މިކޯޕަރޭޝަނުގެ ނެޓްވޯކިންގއަށް ދިމާވާ މައްސަލަތައް ދެނެގަނެ، ހައްލުކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން

- މިކޯޕަރޭޝަންގެ ކޮމްޕިއުޓަރ އިންފްރާންސްޓްރަކްޗަރގެ އެންމެހާ މަސައްކަތްތައް ކުރުން

- މިކޯޕަރޭޝަނުގެ ޕީ.އޭ.ބީ އެކްސް ސިސްޓަމް ބެލެހެއްޓުމުގެ އެންމެހާ މަސައްކަތް ކުރުން

- މިކޯޕަރޭޝަނުގެ އީމެއިލް އެކައުންތައް މެއިންޓެއިންކުރުމާއި، އަޕްޑޭޓްކޮށް ބެލެހެއްޓުން.

- މިކޯޕަރޭޝަންގެ އައި.ޓީ ސެކްޝަންގެ އެހެނިހެން މަސައްކަތްތައް ސުޕަރވައިޒަރުގެ ލަފާގެ ދަށުން ކުރުން

- މިކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކިއެކި އިވެންޓްތަކުގައި ހަރަކާތްތެރިވެ ބައިވެރިވުން.

3- ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:  16 ޑިސެމްބަރ 2020 ވާ ބުދަ ދުވަހުގެ 15:00ގެ [email protected] އަށް އީމެއިލް ކުރުން.

4. ހުށައަޅަންޖެހޭ ލިޔުންތައް

- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން.

- ހާސިލްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ).

- ޕޮލިސް ރިޕޯޓް

5. އިތުރު މަޢްލޫމާތު

  • މި މަޤާމަށް އެދިހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވުނުކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.
  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads/ ) މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

6- އެޑްރެސް ކުރައްވާނީ:

ޠައްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

06 ޑިސެންބަރު 2020