ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)266-A/266/2020/147
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:39
ސުންގަޑި: 31 ޑިސެންބަރު 2020 11:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ކައުންސިލް އިދާރާއަށް ހައިޑޮރޯލިކް ހަރުގަނޑެއް ހޯދުން

ކުޅުދުއްފުށީ ކައުންސިލް އިދާރާއަށްހައިޑޮރޯލިކް ހަރުގަނޑެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިއިދާރާއަށް ހައިޑްރޯލިކް ހަރުގަނޑެއް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 7 ޑިސެމްބަރ 2020 (ހޯމަ) ދުވަހުގެ 08:00 ފެށިގެން 13 ޑިސެމްބަރ 2020 (އާދީއްތަ) ދުވަހުގެ 14:00ގެ ކުރިން މިއިދާރާގެ ނަމްބަރ 6528831 އަށް ގުޅުއްވާ ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ.

  •  މައުލޫމާތު ދިނުން – 15 ޑިސެމްބަރ 2020 ވާ (އަންގާރަ) ދުވަހުގެ 11:00 ގައި
  • އަންދާސީ ހިސާބު ހުށަހެޅުން – 31 ޑިސެމްބަރ 2020 ވާ (ބުރާސްފަތި) ދުވަހުގެ 11:00 ގައި

މަޢުލޫމާތު ދިނުން އޮންލައިކޮށް ޒޫމް އެޕްލިކޭޝަން މެދުވެރިކޮށް، އަދި އޮންލައިންކޮށް ބައިވެރިނުވެވޭނެ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ގަޑީގައި ކުޅުދުއްފުށީ ކައުންސިލް އިދާރާގައި ކުރިއަށް ގެންދެވޭނެއެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މައުލޫމާތު ފޯރުކޮށްދެވޭނީ ނަންނޯޓްކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސެޝަންގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެންނޯންނާނެ ކަމުގައި ދަންނަވަމެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ ވެރިފަރާތުގެ ލިޔުމެއް ގެންނަވަން ޖެހޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

06 ޑިސެންބަރު 2020