ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)264/PRIV/2020/67
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 14 ޑިސެންބަރު 2020 10:30
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލަށް ބޭނުންވާ ކެބިން، ގޮނޑި އަދި ފައިލިންގ ކެބިނެޓް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުން

މިކައުންސިލަށް ބޭނުންވާ ކެބިން، ގޮނޑި އަދި ފައިލިންގ ކެބިނެޓް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ކުންފުންޏެއްގެ ފަރާތުން މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތެއްނަމަ އެކަން އެނގޭނެ ކުންފުނީގެ ލިޔުމަކާއި ހާޒިރުވާ ފަރާތުގެ އައިޑީކާޑު ކޮޕީއެއް ގެންނަންޖެހޭނެއެވެ. އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ވެރިފަރާތްނޫން ފަރާތެއް މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާނަމަ ވެރިފަރާތުގެ ލިޔުމަކާއި ހާޒިރުވާ ފަރާތުގެ އައިޑީކާޑު ކޮޕީއެއް ގެންނަންޖެހޭނެއެވެ. އެނޫން ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ.

 

މަޢުލޫމާތުދިނުން

އަންދާސީހިސާބު ހުށަހެޅުން

14 ޑިސެމްބަރު 2020 (ހޯމަ)

10:30

22 ޑިސެމްބަރު 2020 (ބުދަ)

10:30

 

މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ޑިސެމްބަރު 07 އިން 2020 ޑިސެމްބަރު 13  އަށް  ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް ނަންނޯޓްކުރެއްވުން އެދެމެވެ.

މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ޑިސެމްބަރު 13 ވާ އަދީއްތަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.

މި ބީލަމުގައި ބައިވެރިވާން އެދި ނަން ނޯޓްކުރައްވާ ފަރާތްތަކަށް، މި ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހާއި ސްޕެސިފިކޭޝަންތައް މެއިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ކަރުދާހާއި ސްޕެސިފިކޭޝަންތައް މި އިޢުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ.

ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ

އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ.

ފޯން: 6520043

އީ-މެއިލް: [email protected]

06 ޑިސެންބަރު 2020