ދިވެހިރާއްޖެ
އިޢުލާނު
މަޤާމް: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
ބޭނުންވާ އަދަދު: |
1 (އެކެކް) |
މަޤާމުގެ ގިންތި |
ވޭޖް އެމްޕްލޯއިމަންޓް އުޞޫލުން |
މަޤާމުގެ ރޭންކް |
GS3 |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ފެންފުށި ސްކޫލް / އދ. ފެންފުށި |
މުސާރަ: |
5965/- ރުފިޔާ ( ވަޒީފާގައި ހޭދަކުރާ ވަގުތަށް ބަލައިގެން ) |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ސްކޫލްގެ އެކަޑެމިކް ރިލޭޓެޑް (ދަރިވަރުންނާއި މުދައްރިސުންނާއި) ހުރިހާކަމެށްކުރުން.
- ދުވަހުގެ ޔައުމިއްޔާ ލިޔެ އިސްވެރިޔާ އަންގާގޮތުގެމަތިން ފައިލްކުރުން.
- ދަރިވަރުންގެ ރަޖިސްޓްރީގެ ޑޭޓާބޭސް އަޕްޑޭޓްކުރުން.
- އިސްވެރިޔާގެ މަޝްވަރާގެމަތިން އެލް.ކޭ.ޖީއަށް ކުދިންވެއްދުމަށް އިޢުލާންކޮށް ކުދިންވެއްދުމުގެ ހުރިހާކަމެށްކުރުން.
- ސްކޫލަށް ވަންނަން ބޭނުންވާ ކުދިންނަށް އެއިންތިޒާމް ހަމަޖެއްސުން.
- ސްކޫލުން ވަކިވާ ދަރިންވަރުން ސްކޫލްގެ ރަޖިސްޓްރީ އިން ވަކިކުރުން.
- ރިޕޯޓްތައް ފޮނުވުމަށް ސްޕަވައިޒަރަށް އެހީތެރިވެދިނުން.
- އޮފީސް ހުޅުވުމާއި ލެއްޕުން / އޮފީސް ހުޅުވަންޖެހޭ ދުވަސްތަކުގައި ޤަވާޢިދުން އޮފީހާއި ސްކޫލްގެ އެހެނިހެން އިމާރާތްތައް ހުޅުވައި އަދި ލެއްޕުން.
- މަސައްކަތާއި ގުޅޭގޮތުން ފައިލްކުރަންޖެހޭ ތަކެތި ފައިކޮށް ބެލެހެއްޓުން.
- މަސައްކަތާއި ގުޅޭގޮތުން މެއިލްކުރަންޖެހޭތަކެތި މެއިންކޮށް މެއިލް ބަލަހައްޓާފޮތުގައި ނޯޓްކުރުން.
- ގުޅުންހުރި ހުރިހާ މެސެޖަކަށް ޖަވާބުދޭންޖެހޭ މުއްދަތުގައި ޖަވާބުދީ ރެކޯޑް ބެލެހެއްޓުން.
- ސްޕަވައިޒަރުންނަށް އިދާރީގޮތުން އެހީތެރިވެދިނުން.
- ސްކޫލްގައި ދިމާވާ ބޮޑެތި ކަންތައްތަކާއި މަސްކަތްތަކުގައި އަދި ބާއްވާ އެކިއެކި މުބާރާތްތަކާއި، ރަސްމިއްޔާތުތައް އިންތިޒާމު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- މަސައްކަތައް ބޭނުންވާ ފޮތްތައް ތައްޔާރުކުރުން.
- މުޅި ސްކޫލް ބައިވެރިވާ ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ ސްކޫލްގައި ވަގުތު ހޭދަކުރުން.
- ފައިސާގެ މަސައްކަތާއި ހަވާލުވެ ހުންނެވި މުވައްޒަފު އަފި އޮފީސް އެހެން މުވައްޒަފަކުވެސް ޗުއްޓީ ނުވަތަ ސަލާމުގައި ހުރެއްޖެ ހާލަތުގައި އިދާރީ މަސައްކަތުގެ އިތުރުން އެމުވައްޒަފެއްގެކަންކަން ބެހެލެއްޓުމާއި ހަވާލުވެ ހުންނެވި ވެރިޔާ އަންގަވާ މަސައްކަތް ކުރުން.
- އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ރޫހް ހުރުން.
- އޮފީހުގެ ކަރާމަތާއި ސިއްރު ހިފެހެއްޓުން.
- ކަނޑައެޅިފައިވާ ދުވަސްތަކުގައި ބެލެނިވެރިންގެ ބައްދަލުމުވަށް ޙާޛިރުވެ ޔައުމިއްޔާލިޔުން.
- ގޫގަލް ޑްރައިވްގައި ޝެއަރކޮށްފައި ހުންނަ މަސައްކަތާއިގުޅުންހުރި ޝިޓްތައް އަޕްޑޭޓްކުރުމާއި ބެލެހެއްޓުން.
- ސްކޫލުން އެކިއެކި ބޭނުންތަކަށް އެކިފަރާތްތަކަށް ތަކެތި ދޫކުރުމާއި އަނދުބާގެނައުމުން އެތަކެތި ބަލައިގަނެ އެކަމާއިގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން.
- ކަނޑައެޅޭ މަސްތަކުގައި މުސާރަދަތުރު ބޭންކަށްގޮސް ކުރަންޖެހޭ އެންމެހާކަންކަންކުރުން.
- ގުދަނުގައި ރައްކާކުރެވޭ ތަކެތި އެތަކެއްޗަށް ގެއްލުން ނުވާނޭހެން ރައްކާކުރުން.
- ދަރިވަރުންގެ ސްޓޭޝަނަރީ ވައުޗަރ އާއި ގުޅުން ހުރި ހުރިހާ މަސައްކަތެއްކުރުން.
- ޕްރިންސިޕަލް އިންތިޒާމްކުރާ މީޓިންގތަކަށް ޙާޛިރުވެ ޔައުމިއްޔާލިޔުން.
- ކިޔަވައިދިނުމާއި ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެދިނުން މީގެ އިތުރުންވެސް އިދާރާއިން ރާވާގޮތެއްގެ މަތިން ކުރަންޖެހޭ މަސައްކަތް ކުރުން.
- އިދާރީ މަސައްކަތްތަކުގައި ސްކޫލްގެ ވެރިންނާއި އެހެން މުވައްޒަފުންނަށް އެހީތެރިވުން.
- ތައްޔާރުކުރަންޖެހޭ ނޯޓިސް އާއި ސްލިޕް ތައްޔާރުކޮށް ޕްރިންސިޕަލްގެ ލަފާގެ މަތިން އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
- ސްކޫލަކީ އެކުވެރި އެއްބައިވަންތަބައެއް އުޅޭ އުފާވެރި މާޙައުލަކަށް ހެދުމަށް މަސައްކަތްކުރުން.
- ސްކޫލުން ޙަވާލުކުރެވޭ ޒިންމާތަކާއިގުޅިގެން ޖަވާބުދާރީވުމާއި ޒިންމާދާރުވުން.
- މުވައްޒަފުންގެ ޙާޛިރީ ބެލެހެއްޓުން. (ދުވަހުން ދުވަހަށް އެޓެންޑެންސް މެޝިން ބަލަހައްޓައި ޑެއިލީ އެޓެންޑެންސް ޝީޓް އަޕްޑޭޓް ކުރުމާއި މީމީސް އިން މުވައްޒަފުންގެ ޙާޛިރީ އަޕްޑޭޓްކުރުން.)
- ސަލާމް އަދި ޗުއްޓީ ރެކޯޑް ބެލެހެއްޓުން.
- ބަލިވެގެންނާއި އެހެން ސަބަބުތަކާއިހުރެ ސްކޫލަށް ނާދެވޭ ޓީޗަރުންގެ ނަން ސެސަން ފެށުމުގެ ކުރިން ލީވް ރެޖިސްޓަރ ފޮތުގައު ލިޔެ ޕްރިންސިޕަލްއަށް ދިނުން.
- ކޮންމެ މަހެއްގެ 16 ވަނަ ދުވަހު މުވައްޒަފުންގެ ޙާޛިރީ ރިޕޯޓް ތައްޔާރުކުރުމާއި ކޮންމެ މަހެއް ނިމުމުން މުވައްޒަފުންގެ ހާޛިރީތައްޔާރުކޮށް ސޮއިކުރުވުން.
މަޤާމުގެ ޝަރުތުތައް:
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ތިރީގައިމިވާ ޝަރުޠުތައް ފުރިހަމަވުން.
- ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ ' ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދައްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
ގުޅޭ ވަޒީފާގެ ދާއިރާތައް:
- އެޑްމިނިސްޓްރޭޝަން
- މެނޭޖްމެންޓް
ހުށަހަޅަންޖެހޭ ލިޔުންތައް
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ ކާޑް ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި،ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.
(ނ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން
މަޤާމަށް އެދެންވީ ސުންގަޑި
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 ޑިސެމްބަރ 2020 ގެ 13:00 ގެ ކުރިން، ފެންފުށި ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 15 ޑިސެމްބަރ 2020 އާއި 23 ޑިސެމްބަރ 2020 އާ ދެމެދު، ފެންފުށި ސްކޫލް ގައެވެ.
ޝޯޓްލިސްޓް ކުރުން
މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
- ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680817 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |