ދިވެހިރާއްޖެ
ނަންބަރު: IUL)202-M/1/2020/107
އިޢުލާން
ޝިޕިންގ އޭޖެންސީ ގަވާއިދު 2020/R-114 (26 ނޮވެމްބަރ 2020( ގައި އަމަލުކުރަން ފެށުމާއި ގުޅިގެން ބައެއް ޝިޕިންގ އެޖެންސީތަކުން މިގަވާއިދުގެ 9 މާއްދާގައި ބަޔާންކޮށްފައިވާ ގޮތާއި ހިލާފަށް އިންކޯ ޓާރމްސް ގެ ދަށުން ޝިޕިންގ އެޖެންޓާއި ކޮންސައިނީއާއި އެއްބަސްވެފައިވާ ޚިދުމަތުގެ އަގުގެ އިތުރަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެއްވެސް ކަމަކަށް ކޮންސައިނީގެ އަތުން ފީއެއް ނުވަތަ ޗާޖެއް ނުނެގޭނެކަމަށް ބަޔާންކޮށްފައިވީ ނަމަވެސް މި ގަވާއިދާއި ހިލާފަށް ބައެއް އެޖެންޓުން އަމަލުކުރަމުންދާތީ ދަންނަވަމެވެ.
ޝިޕިންގ އެޖެންސީ އާއި ބެހޭ ގަވާއިދުގެ 9 ވަނަ މާއްދާއާއި ހިލާފަށް އެއްވެސް އެޖެންޓަކު އިތުރު ޗާޖަސް ނެގޭނެކަމަށް އިއުލާންކޮށްގެން ފީއެއް ނުވަތަ ޗާޖެއް ނެގުމަކީ މި ގަވާއިދުގެ ދަށުން މަނާކަމެއްކަމުގައި ދެންނެވީމެވެ. މި ގޮތަށް ފީ ނުވަތަ ޗާޖަސް ނަގާ ފަރާތްތަކާ މެދު މި ގަވާއިދުގެ 12 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެކަން އަންގާ އިޢުލާން ކުރީމެވެ.
21 ރަބީއުލް އާހިރު 1442
06 ޑިސެންބަރު 2020
ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް
މާލެ،ދިވެހިރާއްޖެ