ދިވެހިރާއްޖެ
އިޢުލާން
ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ
މިސްކޫލްގެ ސެކިޔުރިޓީ 1 ޖެނުއަރީ 2021 އިން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތައް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަށް ކުރެވުނު އިޢުލާން ނަންބަރ: GS170/IUL/2020/04 ( 22 ނޮވެމްބަރ 2020) އިޢުލާނާ ގުޅިގެން އެސްޓިމޭޓް ހުށަހަޅާފައިވާނީ އެންމެ ފަރާތަކުން ކަމުގައިވާތީ، އެއިޢުލާން ބާތިލުކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ޤާނޫނު ނަންބަރ 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު19/2014 (އަމިއްލަ ފަރުންދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ކުރިމަތިލައްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020 ޑިސެމްބަރ 14 ވާ ހޯމަ ދުވަހުގެ 13:00 ގައި ސްކޫލަށްވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2020 ޑިސެމްބަރ 17 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށް އެކަންޏެވެ.
މިކަމަށްއެދި ހުށަހަޅަން ޖެހޭ ފޯމް މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށް ދޫކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް މިސްކޫލްގެ ނަންބަރ 7952911 އާ ގުޅުންވުން އެދެމެވެ.