ދިވެހިރާއްޖެ
ކުރިއަށް އޮތް ދެ އަހަރަށް ނަޑެއްލާ ސުކޫލުގެ އެކްޓިވިޓީ ޔުނީފޯމް ފަހައިދޭނެ ފަރާތެއް ހޯދުން
ވިޔަފާރި އުސޫލުން މި ސުކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯރމު ސުކޫލުން ކަނޑައަޅާ މިންގަޑުތަކާއި އެއްގޮތަށް ކުރިޔަށް އޮތް ދެއަހަރު ދުވަހުގެ މުއްދަތަށް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިމަސައްކަތް ކުރުމަށް ބީލަން ހުށަހެޅޭނީ ހަމައެކަނި ވިޔަފާރި ޤާނޫނު (ޤާނޫނު2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކާއި، އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު (2014/19) ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޟިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމްސީލް ކުރައްވަނީ ކޮން ކުންފުންޏެއް ނުވަތަ ކޮން ވިޔަފާރިއެއްކަން އެނގޭނޭ ލިއުމެއް ހުށަހަޅަން ވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކުގެ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6840064 މިނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
މައުލޫމާތު ދިނުން |
އަންދާސީ ހިސާބު ބަލައިގަތުން |
ތާރީޙް: 14 ޑިސެންބަރު 2020 |
ތާރީޙް: 22 ޑިސެންބަރު 2020 |
ގަޑި: 13:30 |
ގަޑި 13:30 |
ތަން: ނަޑެއްލާ ސްކޫލް |
ތަން: ނަޑެއްލާ ސްކޫލް |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރަމެވެ.
06 ޑިސެންބަރު 2020