ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-B6/425/2020/11
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 19:41
ސުންގަޑި:
14 ޑިސެންބަރު 2020 21:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސަލްޓަންޕާކު އަދި ލޮނުޒިޔާރަތް ޕާކު ހުޅުވާފައި ހުންނަ ގަޑިތައް ބަދަލުކުރުމާއި ގުޅޭ.
ސަލްޓަންޕާކު އަދި ލޮނުޒިޔާރަތް ޕާކު ހުޅުވާފައި ހުންނަ ގަޑިތައް ބަދަލުކުރުމާއި ގުޅޭ.
2020 ޑިސެންބަރު 06 ވަނަ ދުވަހުން ފެށިގެން ސަލްޓަންޕާކު އަދި ލޮނުޒިޔާރަތް ޕާކު ހުޅުވާފައި ހުންނަ ދުވަސްތައް ތިރީގައި ދަންނަވާފައިވާ ގޮތަށް ބަދަލުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
ހުޅުވާފައި ހުންނަ ދުވަސްތައް.
- ހޯމަދުވަހުން ފެށިގެން ހޮނިހިރު ދުވަހާހަމައަށް:
ކޮންމެ ދުވަހެއްގެ ފަތިހު 4:30 ން ހެދުނު 9:30 އަދި ހަވީރު 4:30 ން ރޭގަނޑު 9:30 އަށް.
ޕާކު ބަންދުވާ ދުވަސް.
ޕާކުތަކުގެ ގަސްހަގާގެއްސައް ބޭސް ޖެހުމާއި ،ކާނާ ދިނުމަށާއި އަދި ޕާކުތަކުގައި ކުރަންޖެހޭ އެހެނިހެން މަރާމާތު ކުރުމާ ،ތަންސާފުކުރުމުގެ މަސައްކަތް ކުރުމަށް ކޮންމެ އާދީއްތަ ދުވަހުގެ ހެދުނު 8:00 ފެށިގެން އެދުވަހުގެރޭ ފަތިހު 4:30 އަށް ބަންދުވާނެކަމުގައި އަންގާ އިޢުލާނު ކުރީމެވެ.
04 ޑިސެންބަރު 2020