ވަޒީފާގެ ފުރުޞަތު
ނަންބަރު: GS33/IUL/2020/13
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 16:31
ސުންގަޑި: 13 ޑިސެންބަރު 2020 12:00
ބ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރުން ނެގުމާއި ބެހޭ

މިމަދަރުސާގައި 01 ޖެނުއަރީ 2021 ން ފެށިގެން 31 ޑިސެމްބަރ 2021 ގެ ނިޔަލަށް ކޮންޓްރެކްޓް އުސޫލުން ސެކިއުރިޓީ ބަލަހައްޓައިދޭނެ ސެކިއުރިޓީ އޮފިސަރުން ނަގަން ބޭނުންވެއްޖެއެވެ.

ބޭނުންވާ ޢަދަދު: 03

މުސާރަ:     މަހަކު -/5000 ރ.

  • މިމަސައްކަތް ޙަވާލުކުރާ ފަރާތްތަކަށް އިތުރު އިނާޔަތެއް ނުދެވޭނެއެވެ. ސެކިއުރިޓީ އޮފިސަރުންގެ މަސައްކަތަކީ ، ސްކޫލްގެ ޢިމާރާތްތަކާއި، މުދަލާއި، ތަކެތި އަދި ވަށައިގެންވާ މަގުތަކުގެ ސަލާމަތާއި، ރައްކާތެރިކަން ބެލެހެއްޓުމެވެ.
  • މިމަސައްކަތް ކޮށްދިނުމަށް ކުރިމަތިލެވޭނީ އުމުރުން 65 އަހަރު ނުވާ، ރަނގަޅު އަޚުލާޤެއްގެ ، ލިޔަންކިޔަން ދަންނަ، ދިވެހި ރައްޔިތަކަށެވެ.
  • މަސައްކަތް ކުރަންޖެހޭނީ ސްކޫލުން ކަނޑައަޅާ ޑިއުޓީ ތާވަލަކާއި އެއްގޮތަށެވެ.
  • މަސައްކަތް ޙަވާލުކުރެވޭ ކޮންމެ ފަރާތަކާއި، އެކު މިސްކޫލުން އެއްބަސްވުމެއް ހެދޭނެއެވެ.
  •  މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ޢަދަދު 03 އަށްވުރެ ގިނަނަމަ، މިމަސައްކަތް ޙަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ ، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރުމަށްފަހު އިންޓަވިއުކޮށްގެންނެވެ.

      ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13  ޑިސެމްބަރ  2020 ވާ އާދިއްތަ ދުވަހު ، މެންދުރު12:00  ގެ ކުރިން ސިޓީއަކުން ސްކޫލްއޮފީހަށް ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅާ ސިޓީ އާއިއެކު ތަޢުލީމީ ސެޓްފިކެޓް ތަކާއި، އައި.ޑީކާޑު ދެފުށުގެ ކޮޕީ ހުށަހަޅުއްވަން ވާނެއެވެ. އަދި މަސައްކަތާ ޙަވާލުވާތާ ދެހަފްތާ ތެރޭ ޕޮލިސް ރިޕޯރޓް ހުށަހަޅުއްވަން ވާނެއެވެ.

 

03   ޑިސެމްބަރު    2020 މ. 

03 ޑިސެންބަރު 2020