ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)339/-CAA/339/2020/53
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:29
ސުންގަޑި: 13 ޑިސެންބަރު 2020 13:00
އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަރިއަތޮޅު އުތުރުބުރީ ތޮއްޑޫއިން ދޫކުރުމަށް އިޢުލާނު ކޮށްފައިވާ 100 ގޯއްޗަށް ކުރިމަތިލީ ފަރާތްތަކުގެ ވަގުތީ ލިސްޓާއި ގުޅޭ

އަރިއަތޮޅު އުތުރުބުރީ ތޮއްޑޫއިން 100 ގޯތި ދޫކުރުމަށް މިއިދާރާއިން ކުރި ނަންބަރ: (IUL)339-ESMS/339/2020/17 (16-02-2020) އިޢުލާނާއި ގުޅިގެން ފޯމް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދިނުމަށް ގެވަޅު ކޮމިޓީން ތައްޔާރުކުރި ޕޮއިންޓް ދިނުމުގެ އުޞޫލާ އެއްގޮތަށް ޕޮއިންޓްދީފައިވާ ވަގުތީ ލިސްޓް އިޢުލާނު ކުރަމެވެ.

ގޯތި ހޯދުމަށް ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކުގެ ވަގުތީ ލިސްޓް 1  މި އިޢުލާނާއެކު ޢާއްމު ކުރީމެވެ.  އަދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން މުހިންމު ބައެއް މަޢުލޫމަތު ފުރިހަމަނުވެހުރި ފަރާތްކުގެ ވަގުތީ ލިސްޓް 2  (ފުރިމަ ނުކޮށް ހުރި މަޢުލޫމަތު ހިމަނައިގެން) މި އިޢުލާނާއެކު ޢާއްމު ކުރީމެވެ.   އަދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ވަގުތީ ލިސްޓް 3 (ޝަރުޠު ހަމަނުވާ ސަބަބު ހިމަނައިގެން) މި އިޢުލާނާއެކު ޢާއްމު ކުރީމެވެ.

ވަގުތީ ލިސްޓްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 2020 ޑިސެންބަރު 02 ވަނަ ދުވަހުން ފެށިގެން 2020 ޑިސެންބަރު 13 ވަނަދުވަހުގެ 13:00 ނިޔަލަށް ރަސްމީގަޑީގައި ލިއުމުން މި އިދާރާއަށް ޝަކުވާ ހުށަހެޅުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އަދި މި އި އިދާރާގެ އީމެއިލް: [email protected] އަށް ވެސް ޝަކުވާ ހުށަހެޅުމުގެ އިންތިޒާމް ވަނީހަމަޖެހިފައެވެ.  

މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

02 ޑިސެންބަރު 2020