ދިވެހިރާއްޖެ
ނަމްބަރ: IUL)295-B/2020/54)
އިޢުލާން
ނ.ހޮޅުދޫގެ ކުނިނައްތާލުމުގެ ނިޒާމުގައި ބައިވެރިވެފައިވާ ތަންތަނުގައި އުފެދޭ ކުނި، ކުނިކޮށްޓަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 07 ޑިސެމްބަރ 2020 ވާ ހޯމަ ދުވަހުގެ 11:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 ޑިސެމްބަރ 2020 ވާ ހޯމަ ދުވަހުގެ 11:30 ގެކުރިން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. އެސްޓިމޭޓްތައް ކެނޑުން އޮންނާނީ 14 ޑިސެމްބަރ 2020 ވާ ހޯމަ ދުވަހުގެ 11:30 ގައި އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެވަގުތު ތިބި ފަރާތްތަކުގެ ޙާޟިރުގައެވެ.
މިމަސައްކަތަށްއެދި ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
02 ޑިސެމްބަރ 2020