ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)314-AD/314/2020/12
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި: 13 ޑިސެންބަރު 2020 13:00
މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަމަދޫ ހުކުރު މިސްކުތު ގޯތިތެރޭގައި ހިނަވާގެ އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ

ބ. ކަމަދޫ ، ދިވެހިރާއްޖެ.

Secretariat of the South MaalhosmaduluKamadhoo Council

Baa.kamadhoo,Rep.Of Maldives

                                             

/                                                                       ނަންބަރު: (IUL)314-AD/314/2020/12

އިޢުލާން

އަންދާސީ ހިސާބު ހޯދުން

    

 

    1. މިކައުންސިލްގެ ފަރާތުން ކަމަދޫ ހުކުރު މިސްކިތު ދެކުނުފަރާތު ގޯތި ތެރޭގައި ތަރައްޤީ ކުރަމަށް ބޭނުންވާ 20 ފޫޓް ފުޅާ 24 ފޫޓް ދިގުމިނުގެ ހިނަވާގެ  އިމާރާތްކުރުމުގެ  މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

      2. މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2020 ޑިސެމްބަރ 09 ވާ ބުދަ ދުވަހުގެ 14.00 ގެ ކުރިން [email protected] މެއިލް ކުރުމުން  ނުވަތަ ކައުންސިލް އިދާރާއަށް ހާޟިރުވުމުން ރަޖިސްޓްރީ ކުރެވޭނެއެވެ.

      3. މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ޑިސެމްބަރ 08 ވާ އަނގާރަ ދުވަހުގެ 14.00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން ނުވަތަ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުމަށް އެދެމެވެ.

      4. މިމަސައްކަތާއިގުޅޭ އެންމެހާ ސަޕޯރޓިން ޑޮކިޔުމެންޓްސް ރަޖިސްޓްރީވާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ނުވަތަ ކައުންސިލް އިދާރާއަށް ހާޟިރުވުމުން ފޯރުކޮށްދެވޭނެއެވެ.

      5. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 13 ޑިސެމްބަރ 2020ވާ އާދިއްތަ ދުވަހުގެ 13:00ގައި ކަމަދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.އަދި ސިޓީއުރައިގެ ބޭރުގައި "ކަމަދޫ ހުކުރު މިސްކުތު ގޯތިތެރޭގައި ހިނަވާގެ އިމާރާތް ކުރުމުގެ މަސައްކަތް" މިހެން ލިޔެފައި އޮންނަންވާނެއެވެ.  އަދި ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީކާޑުގެ ދެފުށުގެ ފޮޓޯކޮޕީ / ކުންފުންޏަކުންނަމަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީއާއި ކުންފުނީގެ ފަރާތުން ބަދަލުގައި މީހަކު ފޮނުވާނަމަ އެފޮނުވާމީހެއްގެ މުއްދަތު ހަމަނުވާ އައިޑީކާޑްގެ ދެފުށުގެ ކޮޕީގެ އިތުރުން، އިއުތިރާޒެއް ނެއްކަމުގެ ލިޔުން ހުށަހަޅާންވާނެއެވެ.

             މިކަމަށްއެދި އަންދާސީ ހިސާބު ހުށަހެޅޭނީ މިބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މިއިދާރާގެ ނަންބަރ 6600051 ފޯނާ  ރަސްމީގަޑީގައި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                  މިހެންވެ މިކަން އާޢްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ

18 ރަބީއުލްއާހިރު 1442

03 ޑިސެންބަރު 2020 

03 ޑިސެންބަރު 2020