ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)165/1/2014/02
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2014
ޕަބްލިޝްކުރި ގަޑި: 13:07
ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ރާއްޖޭގައި ދެމުންގެންދާ މޯބައިލް ފޯނުގެ ޚިދުމަތުގެ ފެންވަރާއި ކަވަރޭޖު ރަނގަޅު ކުރުން

ރާއްޖޭގައި ދެމުންގެންދާ މޯބައިލް ފޯނުގެ ޚިދުމަތުގެ ފެންވަރާއި ކަވަރޭޖު ރަނގަޅު ކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް އޮޕަރޭޓަރުން ގެންދަނީ ކުރަމުންނެވެ. އެހެންކަމާއެކު، މިހާރު މޯބައިލް ފޯނުގެ ޚިދުމަތުގެ ފެންވަރު ދެނެގަތުމަށްޓަކައި ޚިދުމަތް ބޭނުންކުރާ ފަރާތްތައް މެދުވެރިކޮށް މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މި އޮތޯރިޓީގެ ފަރާތުން 1 މޭ އިން 31 މޭ 2014 އަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

މިއޮތޯރީގެ ފަރާތުން މީގެކުރިން ކުރެވުނު މިފަދަ މަސައްކަތްތަކަށް ކަސްޓަމަރުންގެ ފަރާތުން ދެއްވި އެއްބާރުލެއްވުމަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. 

            28 ޖުމާދަލްއާޚިރާ 1435

28 އޭޕްރިލް 2014