ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)416-ESMSMS/416/2020/74
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 17:30
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. މަޑަވެލީގައި ކަރަންޓީނުގައި ތިބޭ މީހުންގެ ތެރެއިން ކަރަންޓީނު އުސޫލާއި ޚިލާފްވާ ފަރާތްތަށް ޖޫރިމަނާ ކުރުމަށް ނިންމުން!

  ޤަވާއިދު ނަންބަރ: 2020/R-35 (އެކަހަރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާ ބެހޭ ޤަވާއިދު) އަށް ފުރަތަމަ އިޞްލާޙު ގެނައުމުގެ ޤަވާއިދު (ވޮލިއުމް:49، 30 އޮގަސްޓް 2020) ގެ 13 ވަނަ ނަންބަރުގެ (ރ) އަށް ރިޢާޔަތްކޮށް 01 ޑިސެމްބަރ 2020 (އަންގާރަ) ފެށިގެން ގދ.މަޑަވެލީގައި ކަރަންޓީނު ވުމަށް އަންގައިފައިވާ މީހަކު، އޭނާއަށް އަންގާފައިވާ އަމުރާ ޚިލާފުވެއްޖެނަމަ، ފުރަތަމަ ފަހަރަށް -/2,500 (ދެހާސް ފައްސަތޭކަ ރުފިޔާ) އިން ޖޫރިމައިނާ ކުރުމަށާއި ދެވަނަ ފަހަރު އަމުރާއި ޚިލާފްވެއްޖެނަމަ -/3,500 (ތިންހާސް ފައްސަތޭކަ ރުފިޔާ) އިން ޖޫރިމައިނާ ކުރުމަށާއި އަދި ތިންވަނަ ފަހަރުން ފެށިގެން އަމުރާއި ޚިލާފްވާ ކޮންމެ ފަހަރަކު -/5,000 (ފަސްހާސް ރުފިޔާ) އިން ޖޫރިމައިނާ ކުރުމަށާއި އަދި ޖޫރިމައިނާ ކުރެވިއްޖެނަމަ، އެފައިސާ ރަސްމީ 07 (ހަތެއް) ދުވަހުގެ ތެރޭގައި ކައުންސިލް އިދާރާއަށް ދެއްކުމަށް 01 ޑިސެމްބަރ 2020 ވަނަ ދުވަހު ބޭއްވުނު ކައުންސިލްގެ 35 ވަނަ އާންމު ބައްދަލުވުމަށް ޙާޟިރުވި ކައުންސިލަރުންގެ އިއްތިފާޤުންމިވަނީ ނިންމާފައެވެ.

   ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

02 ޑިސެންބަރު 2020