ދެންނެވުން
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 15:54
ސުންގަޑި: 30 ޑިސެންބަރު 2020 16:00
ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޤައުމީ ސްކައުޓް އެސެންބްލީގެ 2019ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާއަށް ދެންނެވުން

 

ޤައުމީ ސްކައުޓް އެސެންބްލީގެ 2019ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާއަށް ދެންނެވުން

 

ޤައުމީ ސްކައުޓް އެސެންބްލީގެ 2019 ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާއަށް ޙާޟިރުވުމަށް ދަންނަވަމެވެ.

 

 1.     ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚާއި ގަޑި

2020 ޑިސެންބަރު 30 (ބުދަ) ދުވަހުގެ ހަވީރު 16:00

 2.     ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ތަން:

އޮންލައިންކޮށް (އޮންލައިންކޮށް ބައިވެރިވުމުގެ ތަފްސީލުތައް ވަކިން ހިއްސާކުރެވޭނެ)

 3.     ޖަލްސާގެ އެޖެންޑާ

(1)   ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެށުން

(2)   ސްކައުޓް އެސޯސިއޭޝަނުގެ ޚަޒާންދާރު އިސްތިއުފާ ދެއްވާފައިވާތީ، އެސޯސިއޭޝަނުގެ ހިންގާގަވާޢިދާއެއްގޮތަށް އެ މަގާމަށް އައްޔަނުކޮށްފައިވާ ފަރާތް އެ މަގާމުގައި ދެމިހުރުމާމެދު އެސެންބްލީއަށް ފެންނަ ގޮތެއް ނިންމުން.

(3)   ސްކައުޓް އެސޯސިއޭޝަންގެ 2019ވަނަ އަހަރު އަހަރީ ރިޕޯޓް ފާސްކުރުން

(4)   ސްކައުޓް އެސޯސިއޭޝަންގެ 2019ވަނަ އަހަރުގެ މަލީ ހިސާބުތައް ފާސްކުރުން

(5)   ސްކައުޓް އެސޯސިއޭޝަންގެ 2021ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ފާސްކުރުން.

(6)   މަންދޫބުން ޚިޔާލު ފާޅު ކުރުން

 4.     ޖަލްސާގައި ބައިވެރިވެވޭނެ ފަރާތްތައް

މިޖަލްސާއަށް ޙާޟިރުވެ ބައިވެރިވެވޭނީ 2019ވަނަ އަހަރުގެ ނިޔަލަށް އަހަރީ ފީ ދައްކާފައިވާ ސްކައުޓް ގުރޫޕުތަކުގެ މަންދޫބުންނަށެވެ.

 5.     ޖަލްސާއާ ގުޅުންހުރި ލިޔެކިޔުން

މިޖަލްސާއަށް އެޖެންޑާ ކުރެވިފައިވާ ލިޔެކިޔުންތައް 2020 ޑިސެންބަރު 20 ވަނަ ދުވަހުގެ ނިޔަލަށް ޢާއްމު ކުރެވޭނެ ކަމުގައި ދަންނަވަމެވެ.

********************

15 ރަބީޢުލްއާޚިރު 1442

30 ނޮވެމްބަރ 2020

01 ޑިސެންބަރު 2020