މަސައްކަތް
ނަންބަރު: GS79/IULAAN/2020/18
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 12:28
ސުންގަޑި: 17 ޑިސެންބަރު 2020 11:00
އިހަވަންދޫ ސްކޫލް
ދިވެހިރާއްޖެ
2021 ވަނަ އަހަރު އިހަވަންދޫ ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.

2021 ވަނަ އަހަރު އިހަވަންދޫ ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.

 މި ސްކޫލްގެ ސެކިޔުރިޓީ 2021 ވަނަ އަހަރު (01 ޖެނުއަރީ 2021 އިން ފެށިގެން 31 ޑިސެމްބަރ 2021) ގެ ނިޔަލަށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މި މަސައްކަތް ކޮށްދެއްވުމަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

  1. މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  2. މި ބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އިހަވަންދޫ ސްކޫލް އޮފީހަށް ދުރުވެ ‏2020‏ ޑިސެމްބަރ‏ 02 އިން ‏2020‏ ޑިސެމްބަރ‏ 10 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ ‏2020‏ ޑިސެމްބަރ‏ 09‏ ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ ‏2020‏ ޑިސެމްބަރ‏ 13‏ ވާ އާދީއްތަ ދުވަހުގެ 11:00 ގައި އިހަވަންދޫ ސްކޫލްގެ އޮފީހުގައެވެ.
  5. ބިޑް ހުށަހެޅުމާއި ހުޅުވުން އޮންނާނީ ‏2020‏ ޑިސެމްބަރ‏ 17‏ ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އިހަވަންދޫ ސްކޫލްގެ އޮފީހުގައެވެ.
  6. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އިހަވަންދޫ ސްކޫލް

އަމީނީމަގު މަގު، ހއ. އިހަވަންދޫ، ދިވެހިރާއްޖެ.

ފޯން:  6500096

އީ-މެއިލް: [email protected]

‏16‏ ރަބީޢުލްއާޚިރު‏ 1442

01 ޑިސެންބަރު 2020