ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
މިސްކޫލުގެ ސެކިއުރިޓީ އެއް އަހަރު ދުވަހަށް ( 1 ޖެނުއަރީ 2021 ން 31 ޑިސެމްބަރ 2021އަށް ) ބެލެހެއްޓުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.މި މަސައްކަތަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ،ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ، 03 ޑިސެމްބަރ 2020 ން 9 ޑިސެމްބަރ 2020 ށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 ން 13:00 ށް މިސްކޫލަށް ވަޑައިގެން ނަންނޯޓު ކުރެއްވުން އެދެމެވެ.
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މައުލޫމާތު ދިނުން |
ވާދޫ ސްކޫލް |
10ޑިސެމްބަރ 2020 |
ބުރާސްފަތި |
13:00 |
ބީލަން ހުށަހެޅުން |
ވާދޫ ސްކޫލް |
15 ޑިސެމްބަރ 2020 |
އަންގާރަ |
13:00 |
އަދި ދަންނަވަމެވެ. ބީލަމުގައި ބައިވެރިވުމަށް ނަންނޯޓް ކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑި ޖެހުމުގެ ފަހުން މައުލޫމާތު ދިނުމުގެ ބައްދަވުމަށާއި، ބީލަން ބަލައިގަތުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ބީލަން ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.އަދި ބަދަލުގައި ފޮނުވާ ފަރާތެއް ނަމަ އެފަރާތުގެ ލިޔުމަކާއިއެކު މިބީލަމުގައި ބައިވެރިވެވޭނެއެވެ. މިމަސައްކަތާއިގުޅޭ ބީލަންފޮތް މިއިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.