މަސައްކަތް
ނަންބަރު: (IUL)263/263/2020/67
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 10:13
ސުންގަޑި: 15 ޑިސެންބަރު 2020 10:00
ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަބުރުސްތާނު ނޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

  މިއިދާރާގެ ބެލުމުގެ ދަށުގައިވާ ނެއްލައިދޫ ސަހަރާ( ގަބުރުސްތާން) ވިނަނޮޅާ ސާފްކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

 

 ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް 2020 ޑިސެމްބަރ 01 ވާ އަންގާރަ ދުވަހުން ފެށިގެން 2020 ޑިސެމްބަރ 7 ވާ ހޯމަ ދުވަހުގެ ނިޔަލަށް، ހެނދުނު 09:00 އިން 12:00 އަށް މި ކައުންސިލަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުމަށް އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 2020 ޑިސެމްބަރ 08 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައި ޕްރީބިޑް ސެޝަންއެއް މި ކައުންސިލް އިދާރާގައި އޮންނާނެއެވެ.

 

 އަންދާސީ ހިސާބު ހުށަހެޅުން، 2020 ޑިސެމްބަރ 15 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގައި މި އިދާރާގައި އޮންނެއެވެ.

 

 މި އިއުލާނާއި ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2020 ޑިސެމްބަރ 08 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގެ ކުރިން  [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރަޖިސްޓަރކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

01 ޑިސެންބަރު 2020