ޢާންމު މަޢުލޫމާތު
ނަންބަރު: BBAM/AM/2020/026
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 17:21
ސުންގަޑި: 20 މާރިޗު 2021 14:00
ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
މިސްޓަރ މޯލްޑިވްސް 2021

ޢިޢުލާން

މިސްޓަރ މޯލްޑިވްސް 2021

މިއެސޯސިއޭޝަނުން ބޭއްވުމަށް ހަމަޖެހިފައިވާ ނެޝަނަލް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް، "މިސްޓަރ މޯލްޑިވްސް2021 "2021  ވަނަ އަހަރުގެ މާރޗް މަހުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ބައިވެރި ވެވޭނީ ދިވެހިފަރުދުނަށެވެ.

ވީމާ، ނެޝަނަލް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް، "މިސްޓަރ މޯލްޑިވްސް 2021 " ގައި ބައިވެރިވުމުގެ ފުރުސަތު ވަނީ މުޅިރާއްޖެއަށް ހުޅުވާލެވިފައެވެ.

  • ·         މުބާރާތުގައި ބައިވެރި ވެވިދާނެ ގޮތްތަށް:

1-      އަމިއްލަ ފަރުދުން

2-      ޖިމް

3-      ޖަމިއްޔާ

4-      ރާއްޖޭގެ ރިސޯޓްތަށް

މުބާރާތުގެ ރަޖިސްޓްރޭޝަން 30 ޑިސެމްބަރ 2020 (ހޯމަ) ދުވަހުންފެށިގެން އާންމުކޮށް ހުޅުވާލަމެވެ. އަދި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިހަމަވާނީ 20 މާރޗް 2021 ވާ (ހޮނިހިރު) ދުވަހުގެ 14:00 އެށެވެ. އަދި އެދުވަހުގެ ކުރިން އެސޯސިއޭޝަނަށް މުބާރާތުގައި ބައިވެރި ވުމަށް އެދޭ ފޯމް ހުށަހަޅަންވާނެއެވެ. އަދި ހުށަހަޅަ ފޯމް ގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުވާ ފޯމްތަށް ބަލައިނުގަނެވޭނެ ވާހަކަވެސް އަންގަމެވެ.

މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅަންޖެހޭ، ރެޖިސްޓްރޭޝަން ފޯމް މިއިއުލާންއައި އެކު އެކުލެވިގެންވާނެއެވެ. އިތުރު މަޢުލޫމާތު 7812226/7994542 މޯބައިލް އާއި ގުޅުންއެދެން.

 

30 ނޮވެންބަރު 2020