ވަޒީފާގެ ފުރުޞަތު
|
ނަންބަރު: 198A/2020/147
|
ތާރީޚް: 30 ނޮވެމްބަރ 2020
|
މަޤާމު
|
ވޮޗަރ
|
ރޭންކް: އެސް.އެސް 1
|
ޢަދަދު
|
1
|
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް 1
|
މަސައްކަތްކުރަންޖެހޭ ތަން
|
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
|
އަސާސީ މުސާރަ
|
3,100/- ރުފިޔާ
|
މިމަޤާމަށް ލިބޭ އެލަވަންސް
|
- ޖުޑީޝަލް އެލަވަންސް: -/1,550 (އަސާސީ މުސާރައިގެ %50)
- ސަރވިސް އެލަވަންސް: -/1,000
- ލިވިންގ އެލަވަންސް: -/3,000
- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ
|
އަސާސީ ޝަރުޠު
|
1- ލިޔަންކިޔަން ދަތުން.
ނޯޓް:
- ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލިޔުން ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ، ލިޔަންކިޔަން އެނގޭތޯ ބެލުމަށް ވަޒީފާ ހަމަޖައްސާ ކޯޓަކުން ނުވަތަ އިދާރާއަކުން ޓެސްޓެއް ދީގެންނެވެ.
|
އެހެނިހެން ޝަރުތުތައް
|
1- ވަޒީފާއަށް އެދި ހުށަހަޅާއިރު، މިލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
2- ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް މިޑިޕާޓްމަންޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.
|
މަޤާމުގެ މަސްއޫލިއްޔަތުތައް
|
- ކަނޑައެޅިފައިވާ އުޞޫލެއްގެ ދަށުން ޖަސްޓިސް ބިލްޑިންގ ހުޅުވޭ ލެއްޕުމުގެ އިންތިޒާމް ހަމަޖެއްސުން.
- ޑީޖޭއޭއިން ކަނޑައަޅާ އުޞޫލެއްގެ ދަށުން މިޑިޕާޓްމަންޓުގައި އާއި އަދި މިޑިޕާޓްމަންޓުގެ ބެލުމުގެ ދަށުގައި ވިލިނގިލީގައި އާއި، ހުޅުމާލޭގައި ގައިމުކުރެވިފައި ހުރި ޢިމާރާތްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
- ޖަސްޓިސް ބިލްޑިންގ އާއި، ތީމުގެ ގޯތި ތެރޭގައި ހުންނަ ދިދަ ނެގުމާއި، ތިރިކުރަން ޖެހިއްޖެ ހާލަތެއްގައި ތިރުކުރުމުގެ މަސައްކަތް ކުރުމާއި، ދިދަ ބާވެ ޙަލާކުވުން ފަދަ ކަމެއްވެއްޖެނަމަ ކަމާ ގުޅުންހުރި ފަރާތްތަކަށް އެމަޢުލޫމާތު ފޯރުކޮށްދިނުން.
- ޖަސްޓިސް ބިލްޑިންގ އަށާއި، ތީމުގެއަށް އެކި ބޭނުންތަކުގައި އަންނަ އާއްމު ފަރާތްތަކަށް އެހީތެރިވެދީ މަގުދެއްކުން.
- ޖަސްޓިސް ބިލްޑިންގ ގެ ހަތަރު ފާރުން އެތެރޭގައި އާއި، ޖަސްޓިސް ބިލްޑިންގ ހިމެނޭ ސަރަޙައްދާއި، ތީމުގެ ހިމެނޭ ބްލޮކްގައި އާދަޔާ ޙިލާފު އެއްވެސް ކަމެއް ހިނގާނަމަ ނުވަތަ ހިނގާފާނެ ކަމުގެ ޝައްކެއް އުފެދޭނަމަ އެކަމެއް ވަގުތުން ވަގުތަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަމާބެހޭ ފަރާތަށް އެންގުން.
- ތީމުގެއާއި، ޖަސްޓިސް ބިލްޑިންގއަށް ވަދެނިކުމެ ހަދާ ފަރާތްތަކުގެ މޫވްމެންޓް ޗެކްކުރުމާއި، އަދި އެއްވެސް ފަރާތަކުން ނުރައްކާތެރި ޚާދިސާއެއް ހިންގަން އުޅޭކަމަށް ޝައްކުވެއްޖެނަމަ އެކަމެއް ވަގުތުން ވަގުތަށް ސެކިއުރިޓީ ސެކްޝަންގެ ސަމާލުކަމަށް ގެނައުން.
- ޖަސްޓިސް ބިލްޑިންގގެ އެއްވެސްތަނަކުން ކަރަންޓު، އަދި ފެނުގެ މައްސަލައެއް ނުވަތަ އެހެންވެސް ކަމެއް ދިމާވެއްޖެނަމަ އެކަން ކަމާބެހޭ ފަރާތްތަކަށް އެންގުން.
- ޑިއުޓީ ގަޑީގައި ތީމުގެ އާއި ޖަސްޓިސް ބިލްޑިންގ ގެ އެތެރެއާއި ބޭރުގައި ހުންނަ މުދަލާއި، ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުމާއި، އެތަކެއްްޗަށް ގެއްލުމެއް ނުވާނެކަން ކަށަވަރުކުރުން.
- ޝަރުޢީދާއިރާގެ ކޯޓުތަކާއި އިދާރާތަކުގެ ތަޅުދަނޑިތައް ކަމާގުޅުންހުރި ފަރާތްތަކަށް ޤަވާޢިދުން ދޫކުރުމާއި، ތަޅުދަނޑިއާއި ޙަވާލުވުން.
- މިނޫންވެސް މަސައްކަތާގުޅޭ ގޮތުން ވެރިއަކު އަންގަވާ ރަސްމީ މަސައްކަތްތައް ކުރުން.
|
ހުށަހަޅަންޖެހޭ ތަކެތި
|
- ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަކުރަމްޖެހޭ މަޢުލޫމާތު ސްލިޕް.
- ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ޖީސީއީ އޯލެވެލް އަދި އޭލެވަލް ސެޓްފިކެޓް ތަކުގެ ކޮޕީ.
- ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- ކުރު މުއްދަތުގެ ޓްރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.
|
ސުންގަޑި
|
08 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު
|
- މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި، އެފޯމާއެކު ފުރިހަމަކުރައްވާ ހުށަހަޅުއްވަންޖެހޭ ސްލިޕް މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
- މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3340851 / 3340853
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް
|
ކޮމްޕިޓަންސީ ދާއިރާ
|
މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)
|
ލިބިފައިވާ ތަޢުލީމް
|
30%
|
މަސައްކަތު ތަޖުރިބާ
|
35%
|
އިންޓަރވިއު
|
35%
|
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް
|
- ރަސްމީ ދުވަސްތަކާއި، ރަސްމީ ބަންދު ދުވަސްތަކުގައި ޑިއުޓީ އުސޫލުން، ގިނަވަގުތު ޑިއުޓީކުރެވޭފަދަ ސިއްޙީ ހާލަތެއްގައިހުރި ފަރާތަކަށްވުން.
- ވިލިނގިލީގައާއި، ހުޅުމާލޭގައި ޤާއިމުވެފައިވާ ޝަރުޢީދާއިރާގެ އިދާރާތަކުގައި ޑިއުޓީކުރެވޭނެ ފަރާތަކަށްވުން.
- A1 އަދި B1 ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ފަރާތަކަށްވުން.
- ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
- އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.
|