ޢާންމު މަޢުލޫމާތު
ނަންބަރު: FSM-ADV/2020/044
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި:
03 ޑިސެންބަރު 2020 12:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
މިކުންފުނީގެ އެފް އެސް އެމް ތިލަފުށި ސައިޓުގައި ހުރި ބައުތަކެތި ނީލަމުގެ އުސޫލުން ވިއްކާލުމަށް ބޭނުންވެއެވެ.
މުދަލުގެ ބާވަތް: ހަލާކުވެފައި ހުރި އިލެކްޓްރޯނިކް ސާމާނު
ތަން: އެފް އެސް އެމް ތިލަފުށި ސައިޓް
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 30 ނޮވެމްބަރ 2020 ވަނަ ދުވަހުން ފެށިގެން 03 ޑިސެމްބަރ 2020 އާއި ދެމެދުގެ ދުވަހަކު ރަސްމީ ގަޑި ނިމެންދެން މިކުންފުނީގެ އެފް އެސް އެމް ތިލަފުށި ސައިޓަ އަށް ހާޞިރުވެ މިތަކެތި ބެއްލެވުމުގެ ފުރުސަތު ހުޅުވާލައިފާ ވާނެއެވެ.
- ބީލަން ހުށަހެޅުމާއި ހުޅުވުން: ބީލަން ހުށަހަޅުއްވާނީ 04 ޑިސެމްބަރ 2020 އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް މެއިލްގެ ޒަރީޢާއިންނެވެ. އަގު ހުށަހަޅުއްވާނީ މިއިޢުލާނާއި އެކު އެޓޭޗް ކޮށްފައިވާ އަގު ހުށަހަޅާ ފޯމުންނެވެ.
- ބީލަން އެވޯޑުކުރެވޭނީ އެންމެ މަތިން އަގު ހުށަހަޅުއްވާ ފަރާތަށެވެ. ބީލަން އެވޯޑު ކުރެވޭތާ 4 ދުވަހުގެ ތެރޭގައި ފިއުލް ސަޕްލައިސް މޯލްޑިވްސްއަށް ފައިސާ ދައްކާ ޚަލާސް ކުރައްވަން ވާނެއެވެ. ތަކެތި ގެންދެވޭނީ ފައިސާ ދައްކާ ޚަލާސްކުރުމަށް ފަހުއެވެ.
- ފައިސާ ދައްކުމަށްފަހު، 03 ދުވަސް ތެރޭ ތަކެތި ގެންގޮސް ތަން ހުސްކުރަން ވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3331476 ނުވަތަ 7875163ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ.
30 ނޮވެންބަރު 2020