ދިވެހިރާއްޖެ
އިޢުލާން
ތ.އަތޮޅުމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓާނެފަރާތެއް ހޯދުން
ކޮންޓްރެކްޓް އުސޫލުން 2021 ވަނައަހަރު މި މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
މިމަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނުގެ ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތުގެމަތިން މި މަދަރުސާއަށް ޙާޟިރުވެ މައުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
ތަފްސީލް |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މައުލޫމާތުދިނުމުގެ ސެޝަން |
ތ.އަތޮޅުމަދަރުސާ |
08 ޑިސެމްބަރ 2020 |
އަންގާރަ |
10.00 |
އަންދާސީހިސާބު ހުށަހެޅުން |
ތ.އަތޮޅުމަދަރުސާ |
16 ޑިސެމްބަރ 2020 |
ބުދަ |
10.00 |
މައުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން މިމަދަރުސާއަށް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރަން ޙާޟިރުވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.