މަސައްކަތް
ނަންބަރު: GS69/BUDGET/2020/008
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 10:34
ސުންގަޑި: 06 ޑިސެންބަރު 2020 12:00
މިލަންދޫ ސްކޫލް
ދިވެހިރާއްޖެ
މިސްކޫލު ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފޯރުކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް

މިސްކޫލުން ދައްކާ ނަމޫނާއަކާއި އެއްގޮތަށް މިސްކޫލްގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ، ކުރިއަށް އޮތް ދެއަހަރަށް  ތައްޔާރުކޮށް، ފޯރުކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. އަދި މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 30ނޮވެމްބަރ 2020 އިން 06 ޑިސެމްބަރ 2020އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 12:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް ([email protected]) މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

1- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.

2- ރަޖިސްޓްރީ ނަންބަރު.

3- އީމެއިލް އެޑްރެސް.

4- ގުޅޭނެ މޯބައިލް ނަންބަރު.

މިމުއްދަތުގެ ތެރޭގައި ބީލަން ހުށައެޅުމަށް ރަޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެއެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  07ޑިސެމްބަރ 2020 ވާ ހޯމަ ދުވަހުގެ 10:30 ގެ ކުރިން މިސްކޫލަށް ލިޔުމުން  ފޮނުއްވުންއެދެމެވެ.އަދި މި ޕްރޮޖެކްޓާއި ގުޅޭ މައުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަންނަ ތާރީހާއި ގަޑި ތިރީގައި އެވަނީއެވެ.

މައުލޫމާތު ދިނުން

އަންދާސީ ހިސާބު ބަލައިގަތުން

ތާރީޙް: 08 ޑިސެމްބަރ 2020

ތާރީޙް: 16 ޑިސެމްބަރ 2020

ގަޑި: 11:00

ގަޑި 11:00

ތަން: މިލަންދޫ ސްކޫލް އޮފީސް

ތަން: މިލަންދޫ ސްކޫލް އޮފީސް

 

މައުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވާ ފަރާތުގެ ސިޓީއާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުއްވާ ފަރާތުގެ އައި.ޑީ ކާޑު ކޮޕީ ހުށަހަޅުއްވަން ވާނެއެވެ. މަޢުލޫމާތު ސާފުކުރަން ޙާޟިރުވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  • މިލަންދޫ ސްކޫލް / ށ.މިލަންދޫ
  • ފޯން:  7577978
  • އީ-މެއިލް: [email protected]
30 ނޮވެންބަރު 2020