މަސައްކަތް
ނަންބަރު: (IUL)438-GCF/438/2020/231
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 08:54
ސުންގަޑި: 10 ޑިސެންބަރު 2020 10:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 8 /2020 (ފެނާއި ނަރުދަމާގެ ގާނޫނު) ދިވެހި ބަހުން އިނގިރޭސި ބަހަށް ތަރުޖަމާކޮށް ދޭނޭ ފަރާތެއް ހޯދުމާއި ބެހޭ

 

 

"ޤާނޫނު ނަންބަރު  8 /2020  (ފެނާއި ނަރުދަމާގެ ގާނޫނު) ދިވެހި ބަހުން އިނގިރޭސި ބަހަށް ތަރުޖަމާކޮށް ދޭނޭ ފަރާތެއް ހޯދުމާއި ބެހޭ

 

ޕްރޮޕޯސަލް ހުށައެޅުމުގެ ދަޢުވަތު 

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން " ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖް" ގެ ނަމުގައި ކުރިއަށް ގެންދާ ފެނުގެ މަޝްރޫޢުގެ ދަށުން 04 ރަށުގެ ފެނުގެ ނިޒާމާއި 45 ރަށުގެ ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް ޤާއިމްކުރުމުގެ އިތުރުން ފެނުގެ ޚިދުމަތުގެ ދާއިރާ ހަރުދަނާކޮށް ތަރައްޤީކުރުމަށް ގިނަ ކަންތައްތަކެއް ދަނީ ކުރެވެމުންނެވެ. މިގޮތުން ފެނާއި ނަރުދަމާގެ ދާއިރާ ޚަރުދަނާ ކުރުމަށްޓަކައި އެކުލަވާލައި ތަސްދީގުކޮށްފައިވާ ޤާނޫނު ނަންބަރު 8/2020 (ފެނާއި ނަރުދަމާގެ ޤާނޫނު) ދިވެހި ބަހުން އިނގިރޭސި ބަހަށް ތަރުޖަމާ ކުރުމަށްޓަކައި 'ލޯކަލް ކޮންސަލްޓަންޓް' އެއްއައްޔަންކުރުމަށް ބޭނުންވެއެވެ. މި މަސައްކަތަށް ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ ގްރީން ކުލައިމެޓް ފަންޑް ހިލޭ އެހީގެ ދަށުންނެވެ.

'ފެނާއި ނަރުދަމާގެ ޤާނޫނު ދިވެހި ބަހުން އިނގިރޭސި ބަހަށް ތަރުޖަމާކޮށްދޭނެ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:

(ހ) އިނގިރޭސިބަހުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން،  މި ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ.

 (ށ) ތަރުޖަމާ ކުރުމުގެ  މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

(ނ) ތިމާވެށީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ.

(ރ) ދިވެހިރާއްޖޭގެ ގާނޫނު ތަކާއި ހެދިފައިވާ އުސޫލުތަކުގެ މައުލޫމާތާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ.

ވީމާ މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހުޅުވައިލަމެވެ. މިގޮތުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތުކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްމަށް އެދި ދަންނަވަމެވެ.

އަގު

މި މަޤާމަށް ހޮވޭ ފަރާތަށް ކޮންސަލްޓަންސީ ފީއެއްގެ ގޮތުގައި އެފަރާތަކުން ހުށަހަޅުއްވާ ފައިނޭންޝަލް ޕްރޮޕޯސަލް އަދި ޝެޑިއުލްއާ އެއްގޮތަށް ރުފިޔާގެ އުޖޫރައެއް ދިނުމަށް ވަނީ ކަނޑައެޅިފައެވެ.

މަސައްކަތުގެ މުއްދަތު:

- މި މަސައްކަތުގެ މުއްދަތު ކަނޑައެޅިފައިވަނީ 2 މަސް ދުވަހުގެ މައްޗަށް ބަހާލެވިގެންނެވެ. މިކަމާބެހޭ އިތުރު މައުލޫމާތު ޓަރމްސް އޮފް ރިފަރެންސްގައި ބަޔާންކުރެވިފައި ވާނެއެވެ.

ހުށަހަޅަށްޖެހޭ ލިޔުންތައް

  • މަސައްކަތަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)
  • މަސައްކަތަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ދެވިފައިވާ ފޯމެޓާ އެއްގޮތަށް)
  • މަސައްކަތަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެޓެސްކުރެވިފައިވާ ކޮޕީ
  • "ޓަރމްސް އޮފް ރިފެރެންސް" ގައި ވާގޮތަށް ފުރިހަމަކޮށްފައިވާ 'ފައިނޭންޝަލް ޕްރްޕޯސަލް" ފޯމް
  • މަސައްކަތް ނިންމިކަމުގެ ލިޔުންތައް

ރަޖިސްޓަރީ ކުރެއްވުމާއި މައުލޫމާތު ސާފު ކުރެއްވުން

މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން proc.gcfws @environment.gov.mv އަށް އީ-މެއިލް ކުރައްވައިގެން ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވަޑައިގަތުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓަރީ ކުރެއްވޭނެ އެންމެފަހު ތާރީޚަކީ 06 ޑިސެމްބަރ 2020 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެވެ.

މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 06 ޑިސެމްބަރ 2020 ވަނަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ ([email protected]).

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން،އީމެއިލް-އެޑްރެސް އަދިގުޅޭނެ ފޯނު ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 45 ދުވަސް އޮންނަންވާނެއެވެ.

ޝައުޤުވެރިވާ ފަރާތްތަކުން 10 ޑިސެމްބަރ 2020 ވަނަ ދުވަހުގެ 10:00 ގެ ކުރިން، ޕްރޮޕޯސަލް ތިރީގައިވާ އެޑްރެހަށް  ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ހުށައެޅުއްވުން އެދެމެވެ. އަދި ޕްރޮޕޯސަލްތައް ހުޅުވާނީ  10 ޑިސެމްބަރ 2020 ވަނަ ދުވަހުގެ 10:00 ޖަހާ އިރު ބިޑް ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ.

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

ޕްރޮޖެކްޓް މެނޭޖަރ

ޖީ.ސީ.އެފް ޕްރޮގްރާމް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް  

ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

މާފަންނު، ހަނދުވަރީ ހިނގުން

ފޯނު ނަންބަރު: 3018395

އެކްސްޕްރެޝަން އޮފް އިންޓަރަސްޓް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ.

 

އިތުރު މައުލޫމާތު:

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި އިއުލާނާއި އެއްކޮށް އެއްކަރުދާސް ކުރެވި އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ވެސް ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް  , 3018395 އަށް ގުޅުއްވުން  ނުވަތަ  [email protected]

އައް އީމެއިލް ކޮއްދެއްވުމަށް އެދެމެވެ.

 

 

                        30 ނޮވެމްބަރ 2020

26 ނޮވެންބަރު 2020