ވަޒީފާގެ ފުރުޞަތު
ނަންބަރު: IUMH-AD/I/2020/43
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:57
ސުންގަޑި: 07 ޑިސެންބަރު 2020 14:00
އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އައި.ޔޫ.އެމް ކެންޓީންގައި މަސައްކަތްކުރާނެ މުވައްޒަފުން ހޯދުމަށް

ވަޒީފާގެ ފުރުސަތު

ނަންބަރު:IUMH-AD/I/2020/43

އައިޔޫއެމް ކެންޓީންގައި މަސައްކަތް ކުރުމަށް ތިރީގައިވާ މަޤާމްތަކަށް ވަޒީފާގެ ފުރުސަތު ހުޅުވާލަމެވެ.

 1.

 މަޤާމު:

ކައްކާ

 އަދަދު: 1

މުސާރަ:

  • އަސާސީ މުސާރަ: މަހަކު 5000.00 ރުފިޔާ
  • ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: މަހަކަށް 3000.00 ރުފިޔާ
  • އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ އެލަވަންސް ލިބޭނެ.

މަޤާމުގެ ޝަރްޠުތައް:

  • ލިޔަންކިޔަން އެގުން
  • އުމުރުން 18 އަހަރު ފުރިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކަސްޓަމަރުންނަށް ފަރިއްކޮޅުތައް ތައްޔާރު ކުރުން.
  • ކަސްޓަމަރުންނަށް ކެއިން ބުއިމުގެ ޚިދުމަތް ދިނުމަށްޓަކައި ބަދިގެއާއި ކެންޓީންގައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  • ބަދިގެ ތެރޭގައި ކެއްކުމަށް ބޭނުންކުރާ ހުރިހާ ތަކެއްޗާއި، ސިންކާއި، އައިސްއަލަމާރި، އުނދުން ފަދަ މެޝިނަރީޒް ކޮންމެ ދުވަހަކު ސާފުކޮށް ބެލެހެއްޓުން.
  • ކެއްކުމަށް ބޭނުންވާ ތަކެތި ހޯދުމަށް ކުރަންޖެހޭ ހުރިހާ ކަންތައްތައް ކުރުން.
  • މަޤާމުގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި ކަމެއް ކުރުން.

2. 

މަޤާމު:

ކޭޝިއަރ

 އަދަދު: 2

މުސާރަ:

  • އަސާސީ މުސާރަ: މަހަކު 4000.00 ރުފިޔާ
  • ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: މަހަކަށް 2500.00 ރުފިޔާ
  • އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ އެލަވަންސް ލިބޭނެ.

މަޤާމުގެ ޝަރްޠުތައް:

  1. ސާނަވީ އިމްތިހާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
  2. އަދި މީގެ އިތުރުން އިންޓަވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން
  3. ދިވެހިބަހާއި އިނގެރޭސިބަހުން ފަރިތަކޮށް ލިޔެ މުޢާމަލާތް ކުރަން އެނގުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޚިދުމަތް ހޯދަން އަންނަ ފަރާތްތަކާއި ރީތިބަހުން މުޢާމަލާތް ކުރުން.
  • މަސައްކަތުގައި ގެންގުޅޭ ތަކެތި ފަރުވާތެރިކަމާއެކު ބެލެހެއްޓުން.
  • ލިބޭ ފައިސާގެ ޑެއިލީ ރިޕޯޓް ތައްޔާރުކޮށް އަދި ޗެކްކުރުން.
  • ޑިއުޓީ ބަދަލުކުރުމުގައި ނުނިމިހުރި މަސައްކަތްތައް ޑިއުޓީއަށް އަންނަ މުވައްޒަފަށް ކިޔައިދީ ހޭންޑްއޯވަރ ދިނުން.
  • ކްރެޑިޓްގެ ގޮތުގައި ދެވޭ ޚިދުމަތްތަކަށް ބިލް ހެދުން / ޗެކުކުރުން.
  • ޑެއިލީ ކަލެކްޝަނާއި ބެހޭ ޓްރާންސެކްޝަންތައް ދުވަހުން ދުވަހަށް ސޮފްޓްވެއާއަށް އެންޓަރ ކުރުން.
  • ފައިސާގެ މުޢާމަލާތް ކުރުމުގައި މާލިއްޔަތު ގަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން ކުރުން.
  • ފައިސާއާބެހޭ ރަސީދުފޮތްތަކާއި، ލިޔުންތައް ތިޖޫރީގައި ރައްކާކުރުމާއެކު ފައިލްކޮށް ބެލެހެއްޓުން.
  • ފައިސާގެ މުޢާމަލާތްތަކާބެހޭ ރިޕޯރޓްތައް ގަވާއިދުން ހެދުން.
  • ފައިސާ އާއިބެހޭ އެންމެހާ ލިޔުންތައް ޤަވާއިދުން ފައިލްކޮށް ބެލެހެއްޓުން.

 3.

 މަޤާމު:

ވެއިޓަރ

 އަދަދު: 1

މުސާރަ:

  • އަސާސީ މުސާރަ: މަހަކު 5000.00 ރުފިޔާ
  • ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: މަހަކަށް 2500.00 ރުފިޔާ
  • އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ އެލަވަންސް ލިބޭނެ.

މަޤާމުގެ ޝަރްޠުތައް:

  • ލިޔަންކިޔަން އެގުން
  • އުމުރުން 18 އަހަރު ފުރިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކަސްޓަމަރުންނަށް ފަރިއްކޮޅުތައް ގެންގޮސް ދިނުން.
  • ބުފޭ އަށް ކެންޓީން ތައްޔާރު ކުރުން.
  • ހުސް މޭޒުތައް ސާފުކޮށް ތައްޔާރުކުރުން.
  • ކަސްޓަމަރުންނަށް ކެއިން ބުއިމުގެ ޚިދުމަތް ދިނުމަށްޓަކައި ކެފޭ ތެރޭގައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  • ކައްކާގެ ދަށުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން.
  • ކެއްކުމާއި ތެލިތަށި ދޮވުން ފަދަ ކަންތައްތައް ކައްކާ އަންގާ ގޮތެއްގެ މަތިން ކުރުން.
  • މަޤާމުގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި ކަމެއް ކުރުން.
 

ވަޒީފާ އަދާކުރަންޖެހޭ ތަން:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިތީގެ ކެންޓީން

ވަގުތު:

ހެނދުނު 7:00 އާއި ހަވީރު 6:00 އާއި ދެމެދު 7 ގަޑިއިރު (ޝިފްޓް އުސޫލުން)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
  • ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.
  • މަޑުމައިތިރިކަމާއެކު މުޢާމަލާތު ކުރެވޭ ފަރާތްތައް.
  • ކޭޝިއަރއެއް ނެގުމުގައި މައިކްރޯސޮފްޓް އޮފިސް ޕެކޭޖް އަދި ޕީއޯއެސް ބޭނުންކުރަން އެނގޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

މިމަގާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

  1. ފުރިހަމަ ކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު އައި.ޔޫ.އެމް ހޯލްޑިންގސްއިން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓޭ)
  3. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)

އީމެއިލް މެދުވެރިކޮށް [email protected] އަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުންނާއި، ހާޑް ކޮޕީ ހުށަހަޅާ ފަރާތްތަކުން 7 ޑިސެމްބަރ 2020 ވަނަ ދުވަހުގެ 14:00 ގެ ކުރިން އިސްލާމީ ޔުނިވަރސިޓީގެ ކުންފުނި އައިޔޫއެމް ހޯލްޑިންގސް ޕވޓ. ލޓޑ އަށް ދުރުވެ އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން ހެނދުނު 09:00 އާއި މެންދުރު 14:00 އާއި ދެމެދު 3022161 އަށް ގުޅުއްވުން އެދެމެވެ.



 

29 ނޮވެންބަރު 2020