ދިވެހިރާއްޖެ
ހާފިޒް އަޙުމަދު ސްކޫލް
ފުވައްމުލައް
ނަންބަރIUL)GS-74/GS-74/2020/20)
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މުއްދަތު 31 ޑިސެމްބަރ 2020 ގެ ނިޔަލަށް ހަމަވާތީ، ކުރިއަށްއޮތް 2021 ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިޚިދުމަތް ދެއްވުމަށް ޝައުޤުވެރިވާ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެ މަތިން އަމަލުކުރެއްވުން އެދެމެވެ.
ނަން ނޯޓްކުރުން |
30 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހުން ފެށިގެން 07 ޑިސެމްބަރ 2020 ވާ ހޯމަ ދުވަހުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ 9:00 އިން 13:00 އަށް ސްކޫލް އޮފީހުގައި |
މައުލޫމާތު ސާފު ކުރުން |
08 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 10:30 ގައި ސްކޫލް އޮފީހުގައި |
އެސްޓިމޭޓް ހުށަހެޅުން |
10 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ސްކޫލް އޮފީހުގައި |
އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ހާފިޒް އަޙުމަދު ސްކޫލް
- ފުވައްމުލައް ސިޓީ
- ފޯން: 6861989
- އީ މެއިލް: [email protected]
ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައި ނުގަންނަވާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
29 ނޮވެމްބަރ 2020