ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)341-MS/341/2020/66
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 07 ޑިސެންބަރު 2020 00:14
އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ވަށައިގެންވާ ބީޗް ސާފުކުރާނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

މަޤާމް:

މަސައްކަތު

ބޭނުންވާ ޢަދަދު:

1 (އެކެއް)

މަޤާމު ގިންތި

ކޮންޓްރެކްޓް ( 01 އަހަރު)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ

މުސާރަ

4000 ރުފިޔާ (މަހަކު)

އެހެނިހެން އެލަވަންސް:

 

މަސައްކަތްކުރާ ކޮންމެ ބަންދު ދުވަހަކަށް -/60 ރުފިޔާ (ދުވާލަކު)

ހާޟިރުވާ ކޮންމެ ދުވަހަކަށް -/63 ރުފިޔާ (ދުވާލަކު)

 

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތާއި ވާޖިބުތައް:

o        ރަށުގެ ވަށައިގެންވާ އަތިރިއާއި ހޭޅިފަށް ސާފްކުރުން.

o        ބަނދަރަށް ލައްވާ ފުޅި، ދަޅު، ކޮތަޅު، އަދި އެހެނިހެން ކުނިބުނި ނަގާ ސާފުކުރުން.

o        ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރިގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

o        ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

މަޤާމުގެ ޝަރުތުތައް:

1.      ލިޔަން ކިޔަން އެނގުން  

ހުށަހަޅަންޖެހޭ ލިޔުންތައް:

1.      ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް

2.      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

3.      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

·  ވަޒީފާގެ ޓެކްނިކަލް އަދި ޕްރޮފެޝަނަލް މަސައްކަތުގެ މައުލޫމާތު ލިބިފައިވާ މިންވަރު (%20)

·  މަސައްކަތް ރޭވުމާއި ހިންގުމުގެ ދާއިރާގައި މަސައްކަތް ކޮށްފައިވާ މިންވަރާއި ލިބިފައިވާ ތަޖުރިބާ (20%)

·  މުވައްޒަފުންނާއެކު ގުޅިގެން މަސައްކަތް ކުރުމާއި ލީޑަރެއްގެ ގޮތުން މަސައްކަތް ކުރުމުގެ ގާބިލްކަން (10%)

·  ޤާނޫނާ ގަވާއިދުތަކަށް އަދި ކޯޑް އޮފް ކޮންޑަކްޓަށް އަހުލުވެރިވުން (10%)

·  ޖިސްމާނީ، ނަފްސާނީ އަދި ފަންނީ ގާބިލްކަން (40%)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅާންޖެހޭ ތަކެތި ހުށަހަޅާނީ 2020 ޑިސެމްބަރ 07 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން، އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް: [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2020 ޑިސެމްބަރ 08  އާއި 2020 ޑިސެމްބަރ 19 އާއި ދެމެދު އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާގައެވެ. ނުވަތަ މިއިދާރާއިން ކަނޑައަޅާ ތަނެއްގައެވެ. އަދި މި މުއްދަތުގެ ތެރޭގައި އިންޓަވިއު ނުބޭއްވޭނަމަ ކުރިމަތިލާ މީހުންގެ ތެރެއިން އިންޓަވިއު ކުރަންޖެހޭ މީހުންނަށް މުއްދަތު ހަމަވުމުގެ ކުރިން އެކަން އެންގޭނެއެވެ.

 މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 6660536  ނަންބަރު ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ. އީ މެއިލް ކުރާނީ [email protected] އަށެވެ. މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                   

 

29 ނޮވެންބަރު 2020