ދިވެހިރާއްޖެ
މި މިނިސްޓްރީގެ ނަންބަރު: (IUL)30-E/30/2020/101، (08 އޮކްޓޯބަރ 2020) ގެ އިޢުލާނުން ދަނޑުވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ކުއްޔަށް ދިނުމަށްޓަކައި ހުޅުވާލި 6 ރަށަށް ބިޑް ހުށަހަޅަންޖެހޭ ތާރީޚުގެ ގޮތުގައި ބީލަން ކަރުދާހުގައި ބަޔާންކޮށްފައިވާނީ، 20 ޑިސެންބަރު 2020 ވަނަ ދުވަހުގެ 13:00 ކަމުގައެވެ.
ނަމަވެސް ބިޑާއި ގުޅިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރީ-ބިޑް މީޓިންގް 3 ދުވަހުގެ މުއްދަތަށް ފަސްކުރެވިފައި ވުމުން، ބިޑް ހުށަހަޅަން ޖެހޭ މުއްދަތަށް އިތުރު ފުރުޞަތު ދިނުމުގެ ގޮތުން އިސްވެ ދަންނަވާފައިވާ ތާރީޚު 27 ޑިސެންބަރު 2020 ވާ އާދީއްތަ ދުވަހުގެ 13:00 އަށް އިތުރުކޮށްފައިވާކަން ބީލަން ކަރުދާސް ބައްލަވައިގެންފައިވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ. އަދި މި މިނިސްޓްރީއަށް ބިޑް ބަލައިގަތުމުގެ އިންތިޒާމް ކުރެވިފައިވާ ގޮތުގެ މައުލޫމާތު ބީލަން ކަރުދާސް ބައްލަވައިގަންނަވާފައިވާ ފަރާތްތަކާއި ހިއްސާ ކުރާނެ ވާހަކަ ދެންނެވީމެވެ.