ދިވެހިރާއްޖެ
މިއިދާރާއިން ކޮށްފައިވާ (IUL)248-ED/248/2020/115 (04 ނޮވެންބަރު 2020) ނަމްބަރު އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަންދާސީ ހިސާބު ހުށައަޅާފައިނުވާތީ އެއިޢުލާން ބާޠީލްކޮށް އަލުން އިޢުލާން ކުރަމެވެ.
މިރަށު ޕްރީސްކޫލް އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ތިރީގައިވާ މަޢުލޫމާތު ތަކާއެއްގޮތައް ކުރުމަށް ބޭނުންވެއްޖެއެވެ.
- ޕްރީސްކޫލް އިމާރާތުގެ މަތީބެރިއާއި ގުޅުވައިގެން ވަށާގެން އަޅައިފައިވާ ކޮންކުރިޓް ސީޓް ކަނޑާ ނެގުމަށް ފަހު މަތީ ބެރިޔާ އެއްލެވެލް ކުރުން.
- ސީޓް ނެގުމަށްފަހު ސީޓާ ގުޅުވައިގެން ހުރި ދަގަނޑު މަތީބެރީގެ އެއްއިންޗި އެތެރެއިން ބުރިކޮށް އޮލަލާ އެއްވަރު ކުރަންވާނެއެވެ.
- ކުރެހުމުގައި ކަޅުކުލައިން ފާހަގަ ކޮށްފައި ހުރި ތަންތަނަށް ކޮންކުރިޓް އަޅައި މަތީބެރި އެއްލެވެލް ކުރުން. (ކުރެހުން ސަފްޙާ 2 ގައި)
- މަސައްކަތާ ގުޅިގެން އެޅޭ ގައު އަދި ކުނިބުނި ނަގައި ތަން ސާފްކުރަންވާނެއެވެ.
- މަސައްކަތް ކުރަންވާނީ މަސައްކަތް ހަވާލުވާ ފަރާތުގެ އަމިއްލަ ތަކެތީގައެވެ.
- މާކުސް ދިނުމަށް ހަމަޖެހިފައިވާ ގޮތް.
- އަގަށް 70%
- މުއްދަތު 20%
- ތަޖްރިބާ 05%
- މާލީ ތަނަވަސްކަމަށް 05%
ވީމާ، މަތީގައިވާ މަޢުލޫމާތު ތަކާއި އެއްގޮތައް އެމަސައްކަތް ކޮއްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 ޑިސެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 13:15 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ.
މައުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށްދެވޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރިފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. އިތުރަށް މަޢުލޫމާތު ސާފްކުރެއްވުމަށް ރަސްމީގަޑިތަކުގައި މިއިދާރާއިން ސާފުކުރެއްވުމަށް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ސިޓީއުރައަކަށް ލައި ބަންދުކޮށް ޕްރީސްކޫލް އިމާރާތް ކުރުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތައް ލިޔުއްވައިފައެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.