ދިވެހިރާއްޖެ
ނަންބަރު: IUL)285-D/285/2020/56) އިޢުލާން ހެނބަދޫ އިރުމަތިފަރާތުގައި ހުރި ރެސްޓޯރަންޓް ކުއްޔަށް ދިނުމާގުޅޭ ނ.ހެނބަދޫ އިރުމަތީފަރާތު ރެސްޓޯރެންޓް ކުއްޔަށް ދިނުމަށް މިއިދާރާއިން ކޮށްފައިވާ ނަންބަރ (IUL)285-D/285/2020/51 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށަހަޅުއްވާފައިނުވާތީ، ރެސްޓޯރަންޓް ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2020 ޑިސެމްބަރ 03 ވަނަ ދުވަހު 13:00ށް މި އިދާރާއަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2020 ޑިސެމްބަރ 10 ވަނަ ދުވަހު 13:00ށް މި އިދާރާއަށްދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭފަދަ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މިޢިއުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރ: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 11 ރަބީޢުލްއާޚިރު 1442 26 ނޮވެމްބަރ 2020
އާދަމް ސަމީރު ހެނބަދޫ ކައުންސިލްގެ ރައީސް
|