ދިވެހިރާއްޖެ
އިޢުލާން
ނަންބަރ: (IUL)249/249/2020/71
ހއ. ކެލާގައި މަސްމާރުކޭޓެއް އެޅުން
ހއ. ކެލާ ގައި އެޅުމަން ހަމަޖެހިފައިވާ މަސްމާރުކޭޓުގެ މަސައްކަތް ކެލާ ކައުންސިލްގެ އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކެލާ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ދުވަސް |
ވަގުތު |
މައުލޫމާތު ސާފުކުރުން |
07 ޑިސެމްބަރ 2020 |
ހޯމަ |
10:00 |
އަންދާސީ ހިސާބު ހުށަހެޅުން |
15 ޑިސެމްބަރ 2020 |
އަންގާރަ |
13:00 |
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6500215 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
26 ނޮވެމްބަރ 2020