ދިވެހިރާއްޖެ
ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ފާދިއްޕޮޅު ހިންނަވަރު
އިޢުލާން
ޅ. ހިންނަވަރުން ޑީ.ޓީ.ޓީ.ބީ.އެން.ޑީ ޕްރޮޖެކްޓަށް ޕަބްލިކް ސަރވިސް މީޑިއާ އަށް ދޫކޮށްފައިވާ ބިން ސާފުކުރުމާއި ކަރަންޓްލުމާއި، ފެންވަޅު ބެހެއްޓުމާއި ބެހޭ
ޕަބްލިކް ސަރވިސް މީޑީއާ (ޕީ.އެސް.އެމް) އަށް ދޫކޮށްފައިވާ 9801 އަކަފޫޓްގެ ބިން ސާފުކުރުމާއި ކަރަންޓްލުމާއި، ފެންވަޅު ބަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭގޮތުން، ޕަބްލިކް ސަރވިސް މީޑިއާއިން ދެއްވާފައިވާ މަޢުލޫމާތާއި އެއްގޮތަށް އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މި މަސައްކަތާއި ގުޅޭގޮތުން ޕަބްލިކް ސަރވިސް މީޑިއާ އިން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ޝީޓް މި އިޢުލާން އާއި އެކު އެޓޭޗްކުރެވިފައިވާނެއެވެ. އަދި 29 ނޮވެމްބަރ 2020ވާ އާދިއްތަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން މެންދުރުފަހު 14:00އަށް، މަޢުލޫމާތު ޝީޓް ހިންނަވަރު ކައުންސިލް އިދާރާއިން ލިބެންހުންނާނެއެވެ.
ވީމާ، އަމިއްލަ ޚަރަދުގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ޕީ.އެސް.އެމް އަށް ދޫކޮށްފައިވާ ބިން ސާފުކުރުމާއި، ކަރަންޓްލުމާއި، ފެންވަޅު ބެހެއްޓުމާއި ބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ގަޑިޖެހުމުގެފަހުން ހުށަހަޅާ ޕްރޮޕޯސަލްތަކާއި އަސާސީ މަޢުލޫމާތު ފުރިހަމަނުވާ ޕްރޮޕޯސަލްތައް ބަލައެއް ނުގަނެވޭނެއެވެ.
މިކަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ، ޕީ.އެސް.އެމް ގެ ޕްރޮޖެކްޓްސް މެނޭޖަރ، ޙަސަން ޝާކިރު (މޮބައިލް ނަމްބަރ: 9909696/7785339) އާއި ގުޅުއްވުން އެދެމެވެ.
11 ރަބީޢުލް އާޚިރު 1442
26 ނޮވެމްބަރ 2020