ދިވެހިރާއްޖެ
ހޮޓާ/ކެފޭ/ރެސްޓޯރަންޓް ހިންގުމަށް މިރަށު ބަނދަރު ސަރަހައްދުން މިހާރު ދޫކޮށްފައިވާ ބިމުގެ މުއްދަތު ހަމަވެފައިވާތީ، 2000 އަކަފޫޓްގެ މި ދެންނެވި ބިން 1 އަހަރަށް ކުއްޔަށް ދޫކުރުމަށްވަނީ ނިންމާފައެވެ.
ބިމުގެ ކުލީގެ ގޮތުގައި އަކަފޫޓަކަށް އެންމެ ކުޑަވެގެން ހުށައެޅޭނީ ހަތްދިހަލާރިއެވެ. އަންދާސީހިސާބު ހުށައަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 2,000/- (ދެހާސް) ރުފިޔާ ކައުންސިލް އިދާރާގައި ބަހައްޓަންޖެހޭނެއެވެ.
މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް ދޫކުރާ މަޢުލޫމާތު ޝީޓް ޑިސެންބަރު 7 ދުވަހުގެ 12:00 ގެ ނިޔަލަށް މިއިދާރާގައި ރަޖިސްޓަރީވުމުން ޙަވާލުކުރެވޭނެއެވެ. ރަޖިސްޓަރީވުމަށް މިއިދާރާގެ އީމެއިލް މެދުވެރިކޮށްވެސް ހުށައެޅޭނެއެވެ. އަދި އިތުރަށް މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ޑިސެންބަރު 8 ވަނަ ދުވަހުގެ 14:00ގެ ކުރިން މިއިދާރާގެ އީމެއިލް [email protected] އަށް ފޮނުވުމުން ޖަވާބު ފޮނުވޭނެއެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާފަރާތްތައްކަމުގައި ދެންނެވީމެވެ. އަދި މިއިދާރާގައި ރަޖިސްޓަރީނުވާ ފަރާތްތަކަށް ބީލަންހުށައެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދަންނަވަމެވެ.
މި ބިން ކުއްޔަށް ނެގުމަށް ބިޑް ހުށަހެށުމާއި، ބިޑްހުޅުވުން އޮންނާނީ 2020 ޑިސެންބަރު 9 ވާ ބުދަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ.