މަސައްކަތް
ނަންބަރު: (IUL)261/261/2020/22
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:02
ސުންގަޑި: 03 ޑިސެންބަރު 2020 12:00
ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިރިމަރަދޫ ނަން ރަމްޒުކޮށްދޭ މޮނިއުމެންޓެއް ޑިޒައިންކުރުމުގެ ފުރުޞަތު ހުޅުވާލުން

                     ރަށައްލަފާ ފުރާމީހުންނަށް ފެންނާނެހެން، ރަށުގެ ބަނދަރު ސަރަހައްދުގައި ރަށުގެ ނަން ރަމްޒުކޮށްދޭ މޮނިއުމެންޓެއް ހެދުމަށްބޭނުންވާތީ، މޮނިއުމެންޓެއް ޑިޒައިން ކުރުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ. ވީމާ، ޑިޒައިން ހުށަހެޅުމަށް އެދޭ ފަރާތްތަކުން ތިރީގައި ބަޔާން ކޮށްފައިވާ މޮނިއުމެންޓެއް ފަރުމާކުރުމުގެ މިންގަނޑުތަކާއި އެއްގޮތައް ހުށަހެޅުއްވުންއެދެމެވެ.

މޮނިއުމެންޓެއްގެ ޑިޒައިން ހުށަހަޅާއިރު ބަލަން ޖެހޭ ކަންތައްތައް:

  • ހދ. ހިރިމަރަދޫގެ ސަޤާފަތާއި އަދި މިނޫންވެސް ރަށް މަޝްހޫރު ވެފައިވާ ކަންކަން ނުވަތަ ކަމެއް ރަމްޒު ކޮށްދޭ ޑިޒައިނެއް ކަމުގައިވުން.
  • މިމުބާރާތައް ހުށަހަޅާ ޑިޒައިނަކީ އުފެއްދުންތެރި، އަމިއްލަ ވަންތަ ޑިޒައިނެއް ކަމުގައިވުން.
  • ހިރިމަރަދޫ ވަންތަކަން ރަމްޒު ކޮށްދިނުން.

ޑިޒައިން ފަރުމާކޮށް ހުށަހަޅަންޖެހޭ ފޯމެޓް:

  • މޮނިއުމެންޓް ޑިޒައިންގެ ރޯ  (RAW)ފައިލް ހުށަހަޅަންވާނެއެވެ. (ޑިޒައިން ފަރުމާކޮށްފައިވާ  އެޕްލިކޭޝަންގެ ޑިފޯލްޓް ފޯމެޓް)
  • ޑިޒައިން ގްރޭސްކޭލް އަދި ކުލަކޮށް އޮންނަ ޕީ. ޑީ. އެފް ފައިލެއް ހުށަހަޅަންވާނެއެވެ.

އެހެނިހެން ސްޕެސިފިކޭޝަންތަކާއި ހުށަހަޅަންޖެހޭ ކަންކަން:

  • މޮނިއުމެންޓްގެ ޑިޒައިންގައި “HDH.HIRIMARADHOO” އިނިރޭސިބަހުން ލިޔެވިފައި އޮންނަންވާނެއެވެ.
  • މޮނިއުމެންޓްގެ އަކުރުތަކުގެ ފޮންޓްގެ ގޮތުގައި ބޭނުން ބޭނުންކުރަންވާނީ ކިޔާލަންފަސޭހް އަދި ރީތި ފޮންޓެކެވެ.
  • މޮނިއުމެންޓްގެ ޑިޒައިން ފަރުމާގައި ބޭނުންކުރާ ކުލަތަކުގެ ކޯޑް އަދި ބޭނުންކުރެވިފައިވާ ކުލަތަކުގެ މުރާދު ކުރު ލިޔުމަކުން ބަޔާން ކުރަންވާނެއެވެ.
  • ހުށަހަޅާ ޑިޒައިނަކީ މޮނިއުމެންޓް ހެދުމުގައި ޢާންމުކޮށް ބޭނުންކުރާ މެޓީރިއަލްތަކުން ހެދޭނެ ފަދަ ޑިޒައިނަކަށް ވާންވާނެއެވެ.
  • މޮނިއުމެންޓް ޑިޒައިންގައި ހިމެނިފައިވާ ކުލަތަކުގެ RGB ކަލަރ ކޯޑްތައް އެނގެން ހުންނަންވާނެއެވެ.
  • ފަރުމާ ކުރެވިފައިވާ މޮނިއުމެންޓްގެ ޑިޒައިން ހިރިމަރަދޫއާއި ގުޅުންހުރިގޮތް، ކުރު ޢިބާރާތް ކޮޅަކުން ބަޔާން ކޮށްފައި އޮންނަންވާނެއެވެ.
  • ބައިވެރިވާ ފަރާތްތަކަށް މޮނިއުމެންޓްގެ އެއް ޑިޒައިނަށް ވުރެ ގިނަ ޑިޒައިން ހުށަހެޅިދާނެއަވެ.

ހުށަހަޅާ ޑިޒައިނަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އުޞޫލްތައް:

  • މޮނިއުމެންޓް ޑިޒައިން ހެދިފައިވަނީމަތީގައި ބަޔާންވެފައިވާ މިންގަނޑުތަކާ އެއްގޮތަށްތޯ ބަލައި ފާސްކުރެވޭނެއެވެ. ޑިޒައިންގެ ފަރުމާތަކަށް އިންސާފު ކުރަންވާނީ ހުށަހެޅި ފަރާތް ސިއްރުކުރުމަށްފަހު، ހިރިމަރަދޫ ކައުންސިލުން މިކަމަށްއެކުލަވާލާ ކޮމިޓީއަކުންނެވެ.
  • ހުށަހަޅާ ޑިޒައިންއަށް މާކްސް ދިނުމުގައި ޑިޒައިންގެ ޓެކްނިކަލް ފެންވަރާއި ކޮލިޓީ (ކޮމްޕޮޒިޝަން) މިރަށުގެ ސިފަތައް ރަމްޒުކޮށްދޭ މިންވަރު، އުފެއްދުންތެރިކަމާއި އަމިއްލަ ވަންތަކަމަށް ބެލެވޭނެއެވެ.

އެއްވަނައަށް ހޮވޭ ޑިޒައިން:

  • އެއްވަނައަށް ހޮވޭ ފަރާތަށް އީމެއިލް ނުވަތަ ފޯނުގެ ޒަރީޢާއިން އެނގޭނެއެވެ.
  • އެއްވަނައަށް ހޮވޭ ޑިޒައިން ހުށަހެޅުއްވި ފަރާތަކަށް ލިބޭ އިނާމަކީ -/5000 ރ (ފަސްހާސްރުފިޔާ) އެވެ.
  • އެއްވަނައަށް ހޮވޭ ޑިޒައިންގެ ފުރިހަމަ ކޮޕީރައިޓް، ހިރިމަރަދޫ ކައުންސިލްގެ އިދާރާއާ ޙަވާލުކުރަންވާނެއެވެ.

ޑިޒައިން ހުށަހެޅުމުގެ ސުންގަޑި އަދި ހުށަހަޅަންވީގޮތް:

  • މަތީގައި ބަޔާންކުރެވިފައިވާ ފޯމެޓްތަކަށް 03 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިއިދާރައަށް އީމެއިލް [email protected] އަށް މެއިލް ކުރަންވާނެއެވެ.
  • ހުށަހަޅާ ފަރާތުގެ ފުރިހަމަނަން، އައި. ޑީ. ކާޑު ނަންބަރާއި ކޮޕީ، އެޑްރެސް އަދި ގުޅޭނެ ނަންބަރެއް ޑިޒައިނާއެކު މިއިދާރާއަށް މެއިލް ކުރަންވާނެއެވެ.

                     މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

26 ނޮވެންބަރު 2020