ދިވެހިރާއްޖެ
އިޢުލާން
އިޢުލާން ނަންބަރ: IUL)GS-56/2020/14)
މި ސްކޫލްގެ ސެކިއުރިޓީ އެއް އަހަރު ދުވަހުގެ މުއްދަތަށް (01 ޖެނުއަރީ 2021 އިން 31 ޑިސެމްބަރ 2021 އަށް) ބެލެހެއްޓުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،2020 ނޮވެމްބަރ 26 އިން 2020 ނޮވެމްބަރ 30 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 13:30 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ނޮވެމްބަރ 30 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 ޑިސެމްބަރ 02 ވާ ބުދަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
ބީލަން ބަލައިގަތުމާއި ހުޅުވުން އޮންނާނީ 2020 ޑިސެމްބަރ 07 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތުޅާދޫ ސްކޫލް
ބ. ތުޅާދޫ ،ދިވެހިރާއްޖެ
ފޯން: 6600136
އީ-މެއިލް: [email protected]
11 ރަބީއުލްއާހިރު 1442
26 ނޮވެމްބަރ 2020