ވަޒީފާގެ ފުރުޞަތު
ނަންބަރު: 146-A1/2020/162
ޕަބްލިޝްކުރި ތާރީޚް: 25 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 21:54
ސުންގަޑި: 02 ޑިސެންބަރު 2020 14:00
ފެމިލީ ކޯޓް
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުޞޫލުން ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ފުރުސަތު

146-A1/2020/162:ނަންބަރު

ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ފުރުޞަތު

މިކޯޓަށް ކޮންޓްރެކްޓް އުޞޫލުން ކައިވެނިޢަޤުދު ކޮށްދޭނޭ ޝަރުޢީ މަޢުޛޫނުން ބޭނުންވެއެވެ.

ބޭނުންވާ ޢަދަދު:

 01

ކޯޓު/އިދާރާ:

 ފެމިލީ ކޯޓު

އެލަވަންސް:

 -/250 ރުފިޔާ (އަޤުދު ކޮށްދޭ ކޮންމެ ކައިވެންޏަކަށް)

މަޤާމުގެ ޝަރުތު:

 ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތެއް ކަމުގައިވުން.

ހުށަހަޅަންޖެހޭ ތަކެތި:

 - ޝަރުޢީ މައުޛޫނުކަމަށްއެދި ހުށަހަޅާ ފޯމް

 - ވަނަވަރު

 - އައިޑީކާޑުގެ ކޮޕީ

 - ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދައިގެ ކޮޕީ

ކައިވެނިކޮށްދޭންޖެހޭ ގަޑި:

 - ކޮންޓްރެކްޓް އުސޫލުން ކައިވެނިޢަޤުދުކޮށްދިނުމަށް ހޮވޭ ފަރާތްތަކުން ރަސްމީގަޑީގަ އާއި ނުރަސްމީ ގަޑީގައި ކޯޓުން ކޮށްދޭންޖެހޭ ކައިވެނިތައް ކޮށްދިނުމަށް ހަވާލުކުރެވޭނެއެވެ.

ސުންގަޑި:

 2020 ޑިސެންބަރު 02 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

އިތުރު މަޢުލޫމާތު:

 - މިމަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތްތައް ހޮވޭނީ މި މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށް ފަހުގައެވެ.

 - މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ޝަރުޢީ މަޢުޛޫނުކަމަށްއެދޭ ފޯމް މިކޯޓުގެ ވެބްސައިޓް www.familycourt.gov.mv އިން ލިބެން ހުންނާނެއެވެ.

 - ވަޒީފާއަށްއެދި ހުށަހަޅުއްވާނީ ފެމިލީ ކޯޓުގެ ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ޑްރޮޕް ބޮކްސްއަށެވެ.

25 ނޮވެންބަރު 2020