ދިވެހިރާއްޖެ
ފުނަދޫ ސްކޫލު
ށ.ފުނަދޫ، ދިވެހިރާއްޖެ ނަންބަރު: (IUL)GS-59-AD/INDIV/2020/9
ބީލަން ހުށަހެޅުމުގެ ދަޢުވަތު
2021ވަނަ އަހަރު ފުނަދޫ ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުން
01. 2021 ވަނަ އަހަރަށް މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
02. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 25 ނޮވެމްބަރ 2020 އިން 30 ނޮވެމްބަރ 2020 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
03. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 30 ނޮވެމްބަރ 2020 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
04. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 ޑިސެމްބަރ 01 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިސްކޫލް އޮފީހުގައެވެ.
05. ބިޑް ހުޅުވުން އޮންނާނީ 2020 ޑިސެމްބަރ 08 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިސްކޫލް އޮފީހުގައެވެ.
06. ނަން ނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ށ.ފުނަދޫ ސްކޫލް
ފޯން: 6540540
އީމެއިލް: [email protected]
10 ރަބީޢުލްއާޚިރު 1442
25 ނޮވެމްބަރ 2020