ދިވެހިރާއްޖެ
ނަމްބަރ: IUL)254/254/2020/40)
އިޢުލާން
ޝަހީދު ޢަލީ ތަކުރުފާން ސްކޫލްގެ ކްލާސް ރޫމް މައްޗަށް ވާގޮތަށް ހުރި ރުއްތައް ކެނޑުމާއި ގުޅޭ
ޝަހީދު ޢަލީ ތަކުރުފާން ސްކޫލްގެ ދެކުނު ފަރާތު ސޯލާ ޕެނަލް ޖަހާފައިވާ 2 ކްލާސް ރޫމް އިމަރާތުގެ ފުރާޅުމައްޗަށް ވާ ގޮތަށް ހުރި ރުއްތަކުގެ ސަބަބުން ސްކޫލުގެ އިމާރާތައް ގެއްލުންވުމާއި ސްކޫލުގައި ކިޔަވާ ކުދިންނަށް ގެއްލުންވާ ގޮތައް ކާށި ވެރެމުންދެއެވެ. މީގެ އިތުރުން މިއިމާރާތަކީ ފެނަކަ ކޯޕަރޭޝަންގެ ސޯލާ ޕެނަލްތައް ޖަހާފައިވާ ތަނަކަށް ވާތީ މިދެންނެވި ރުއްތަކުގެ ކާށި ފަދަ ތަކެތި ސޯލާ ޕެނަލުގައި ޖެހި ޕެނަލަށް ގެއްލުންވުމުގެ ފުރުސަތު ވަރަށްވެސް ބޮޑެވެ. އަދި މި ރުއްތަކުގެ ހިޔަނި އެޅިފައި ހުންނާތީ އެ ސޯލާ ޕެނަލުން އުފައްދަން ޖެހޭ ވަރަށް ކަރަންޓު އުފައްދައެއް ނުދެއެވެ. މިއީ ގާތްގަނޑަކަށް ނުވަ ލައްކަ ރުފިޔާގެ ޕެނަލް ބޯޑެކެވެ. މިދެންނެވި ރުއްތަކުން ޕެނަލް ބޯޑަށް ގެއްލުމެއް ލިބުމަކީ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެކެވެ. މިކަން ހައްލުކޮށް ދިނުމަށް ފެނަކަ ކޯޕަރޭޝަނުން އަދި ޝަހީދު ޢަލީ ތަކުރުފާން ސްކޫލުން ވަނީ އެދިފައެވެ.
ސްކޫލު ދެކުނު ފަރާތުން އޮތް ކުރީގެ ދަނޑުބިން ސަރަހައްދަކީ ރުއްގަސް އިންދުން މަނާ ސަރަހައްދެކެވެ. އަދި އެ ސަރަހައްދުގައިވާ ރުއްގަސްތަކަކީ ރަޖިސްޓްރީ ކޮށްފައިވާ ރުއްގަސްތަކެއް ނޫނެވެ. ސްކުލޫގެ ދެކުނު ފަރާތު ކްލާސް ރޫމް އިމާރާތަށް ވާގޮތަށް އަރާފައިވާ 06 ރުއް އެތަނުން ކަނޑަށް ބޭނުންވެއެވެ. ވީމާ، މިދެންނެވި ސަރަހައްދުގައިވާ އަމިއްލަ ފަރާތެއްގެ ރުކެއް ވާނަމަ އެ ރުކެއް 07 ދުވަސް ތެރޭގައި ނެންގެވުން އެދެމެވެ. އަދި މިތާރީޙުގައި ނުނަގާ ރުއްތައް ކައުންސިލްގެ ފަރާތުން ނަގާނެ ވާހަކަ ދަންނަވަމެވެ.
24 ނޮވެމްބަރ 2020