މަސައްކަތް
ނަންބަރު: (IUL)K08-HC/2020/07
ޕަބްލިޝްކުރި ތާރީޚް: 25 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 10:17
ސުންގަޑި: 25 ނޮވެންބަރު 2020 11:00
މުލަކަތޮޅު މުލީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މ.ދިއްގަރު ޞިއްހީ މަރުކަޒުގެ އިމާރާތުގެ ވަށައިގެންވާ ސަރަޙައްދުގެ ނަލަފިލާތައް ސިމެންތި ފިލާއަށް ބަދަލުކުރަން އަދި ބޭރު ސީލިންގއިން ނެއްޓިފައިވާ ތަންތަން ރަނގަޅުކުރުމާއި އިމަރޖެންސީ ދޮރު އެލްމެނިއަމް ދޮރަށް ބަދަލުކުރުމަށް

މިސިއްޙީ މަރުކަޒުގެ އިމާރާތުގެ ވަށައިގެންވާ ސަރަޙައްދުގެ ނަލަފިލާތައް ސިމެންތި ފިލާއަށް ބަދަލުކުރަން އަދި ބޭރު ސީލިންގއިން ނެއްޓިފައިވާ ތަންތަން ރަނގަޅުކުރުމާއި އިމަރޖެންސީ ދޮރު އެލްމެނިއަމް ދޮރަށް ބަދަލުކުރުމަށް ކުރެވުނު އިޢުލާން (އިޢުލާން ނަމްބަރު: (IUL)K8-HC/2020/06 އަށް ވާދަކުރާނެ 3 ފަރާތެއް ނެތުމުން، މިއިޢުލާން ބާތިލުކޮށް އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަހުގެ 25، 26 އަދި 29ވަނަ  ދުވަހުގެ ހެނދުނު 09:00 އިން 13:00 އާއި ދެމެދު މިހެލްތު ސެންޓަރަށް ވަޑައިގެން ނުވަތަ ސިއްޙީ މަރުކަޒުގެ ނަމްބަރު 6720596 އަށް ގުޅުއްވައިގެން ރަޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗްމެންޓުގައި ގެޒެޓު ކުރެވިފައިވާނެއެވެ. މި މަސައްކަތުގެ ޕްރީބިޑް ބައްދަލުވުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ތިރީގައި މިދަންނަވާ ދުވަސްތަކާއި ގަޑިތަކުގައެވެ.

ތަފްޞީލް

ތަން

ތާރީޚް

ދުވަސް

ގަޑި

ޕްރީބިޑް ބައްދަލުވުން

ދިއްގަރު ސިއްޙީ މަރުކަޒު

2 ޑިސެމްބަރު 2020

ބުދަ

11:00

އަންދާސީ ހިސާބު ހުށަހެޅުން

ދިއްގަރު ސިއްޙީ މަރުކަޒު

6 ޑިސެމްބަރު 2020

އާދީއްތަ

11:00

 

މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ 29 ނޮވެމްބަރު 2020ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ މިސިއްޙީ މަރުކަޒުގެ ނަމްބަރު 6720596 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަން ވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

25 ނޮވެންބަރު 2020