ދިވެހިރާއްޖެ
މިއެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ 12 ޑިސެމްބަރ 2020 ވާ ހޮނިހިރު ދުވަހުގެ 15:45 ގައި ސޮލައިޓް ރެސްޓޯރަންޓް 9 ވަނަ ފަންގިފިލާ އިންޑޯރ ހޯލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން، މިޖަލްސާގައި ބައިވެރިވުމަށް މިއެސޯސިއޭޝަންގެ މެމްބަރު ކުލަބް/ޖަމްޢިއްޔާ ތަކުން 2 ބޭފުޅެއްގެ ނަން (ވޯޓު ލާންޖެހިއްޖެ ހާލަތެއްގައި ވޯޓުލާނެ ފަރާތް އެނގޭނޭގޮތައް) ބަޔާންކޮށް 08 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ލިޔުމަކުން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.
އަދި އަހަރީ އާންމު ޖަލްސާއަށް މިއެސޯސިއޭޝަންގެ މެމްބަރު ކްލަބް/ޖަމްޢިއްޔާތަކުން ހުށަހަޅަން ބޭނުންވާކަމެއް ވާނަމަ އެކަމެއް ހުށައެޅުއްވުމުގެ ފުރުސަތު ހުޅުވާލުމަށް ކުރެވުނު ނަންބަރު MBA/IUL/2020/04 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އެފަދަކަމެއް ހުށައަޅުއްވާފައި ނުވާތީ އެފުރުސަތު އަލުން 26 ނޮވެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވަހާކަ ދެންނެވީމެވެ.