މަސައްކަތް
ނަންބަރު: GS47/2020/08
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 12:32
ސުންގަޑި: 01 ޑިސެންބަރު 2020 10:00
މޭނާ ސްކޫލް ނ.ހޮޅުދޫ
ދިވެހިރާއްޖެ
ކުރިއަށް އޮތް ދެ އަހަރަށް މޭނާސްކޫލްގެ އެކްޓިވިޓީ ޔުނީފޯމް ފަހައިދޭނެ ފަރާތެއް ހޯދުން

             ކުރިއަށްއޮތް ދެ އަހަރަށް މިސްކޫލްގެ އެކްޓިވިޓީ ޔުނީފޯމް ފަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

             ވީމާ، މިސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން  26 ނޮވެމްބަރ 2020 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ށް ސްކޫލް އޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 1 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

             ބީލަން ހުށަހަޅުއްވާނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ދޫކުރެވޭ ބީލަން ހުށަހަޅާ ފޯމުންނެވެ. މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

             މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޟިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމްސީލް ކުރައްވަނީ ކޮން ކުންފުންޏެއް ނުވަތަ ކޮން ވިޔަފާރިއެއްކަން އެނގޭނޭ ލިއުމެއް ހުށަހަޅަން ވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކުގެ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

             މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ މިސްކޫލްގެ ފޯނު 6560001 އަށް ގުޅުއްވުން އެދެމެވެ.   

24 ނޮވެމްބަރ 2020

 

24 ނޮވެންބަރު 2020