ޢާންމު މަޢުލޫމާތު
ނަންބަރު: 2020/19
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 10:45
ސުންގަޑި: 02 ޑިސެންބަރު 2020 14:00
ގާދިއްފުށީ ސްކޫލް، ތ. ގާދިއްފުށި
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ކޮންޓްރެކްޓް އުސޫލުން މީލާދީ 1 ( އެކެއް ) އަހަރު ދުވަހުގެ މުއްދަތަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

                 ވީމާ މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމުގެ މަސައްކަތް ކޮށް ދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ( ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަމްބަރ: 18/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ) ފަރާތްތަކުން ތިރީގައިވާ މި ދަންނަވާ ގޮތަށް ޢަމަލު ކުރެއްވުން އެދެމެވެ.

  • މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2020 ނޮވެމްބަރ 24 އިން 30 އަށް ބަންދު ނޫން ކޮންމެ ދުވަހަކު 08.00 އިން 14.00 އަށް ގާދިއްފުށީ ސްކޫލުގައި ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރުން އެދެމެވެ.
  • މި މަސައްކަތާ ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ  2020 ޑިސެމްބަރ 02 ވާ ބުދަ ދުވަހުގެ 14.00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. 
  • މި މަސައްކަތާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 ޑިސެމްބަރ 3 ވާ ބުރާސްފަތި ދުވަހު 13.00 ގައި ގާދިއްފުށީ ސްކޫލުގެ އިދާރާ ގައެވެ.
  • ބިޑް ހުށަހެޅުން އޮންނާނީ 2020 ޑިސެމްބަރ 9 ވާ ބުދަ ދުވަހުގެ 13.00 ގައި ގާދިއްފުށީ ސްކޫލުގެ އިދާރާ ގައެވެ.                

ނޯޓް: ބީލަމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

ގާދިއްފުށީ ސްކޫލް / ތ.ގާދިއްފުށި

ނަމްބަރ: 6780570 ، 7904937

އީމެއިލް : [email protected]

24 ނޮވެންބަރު 2020