ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)363-PRJ/INDIV/2020/12
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 09:15
ސުންގަޑި: 09 ޑިސެންބަރު 2020 14:00
މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިލްބަހާރު މަގުގެ އުތުރު ކޮޅުގައިހުރި ރުއްގަހުގައި ނަމްބަރު ޖެހުމާއިބެހޭ

ފުޓްސެލް ދަނޑު އެޅުމަށް ހާއްސަކޮށްފައިވާ ބިމާއި އިންވެގެން ރަށުގެ އުތުރުކޮޅަށް ކެނޑުމަށް ހަމަޖެހިފައިވާ "ދިލްބަހާރުމަގު" ގައި ނަމްބަރު ނުޖަހާ / ނަމްބަރު ޖެހިކަމުގައި ވީނަމަވެސް ނަމްބަރު ފުހެވިފައިވާ ގިނަ ޢަދަދެއްގެ ރުއްގަސް ހުރުމާއިއެކު، އެރުއްގަހުގައި ނަމްބަރުޖެހުމަށް ބޭނުން ވެއެވެ.

ވީމާ މަތީގައި ދެންނެވިފައިވާ ފަދައިން ރުއްގަހުގައި 09 ޑިސެމްބަރ 2020 ވަނަ ދުވަހުގެ 14:00 ގެ ކުރިން ނަމްބަރުޖަހައި ނިންމުމަށް އަންގަމެވެ. މިތާރީޚުގެފަހުން ނަމްބަރު ނުޖަހާ ނުވަތަ ނަމްބަރު ކިޔަން ނޭނގޭވަރަށް ފަނޑުވެފައިވާ ރުއްގަސް އެއީ ރައްޔިތުންގެ މާލިއްޔަތުގެތެރޭގައި ހިމެނޭ މުދާގޮތުގައި ނިންމާ މަގުކެނޑުމުގެ މަސައްކަތް ހިންގާއިރު އެރުއްގަހަށް ޢަމަލުކުރުމަށް ހަމަޖައްސާފައިވާ ގޮތެއްގެ މަތީން ޢަމަލު ކުރަމުން ގެންދާނެކަމުގައި އަންގަމެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

24 ނޮވެންބަރު 2020