މަސައްކަތް
ނަންބަރު: GS-92/IUL/2020/010
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:36
ސުންގަޑި:
03 ޑިސެންބަރު 2020 11:00
ނައިވާދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2021 ވަނަ އަހަރު ސްކޫލު ސެކިއުރިޓީ ބެލެހެއްޓުމާއި ގުޅޭ
އިޢުލާން
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
2021 ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިބީލަމަށް ހުޅުވާލެވިފައިވަނީ ޤާނޫނު ނަމްބަރ 2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ނޮވެމްބަރ 23 އިން 2020 ޑިސެމްބަރ 01 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރައްވަން ވަޑައިގަންނަވާއިރު ވިޔަފާރީގެ ރަޖިސްޓްރީ ނަންބަރ އެނގޭނެ ލިޔުމެއް ގެންނަވަން ވާނެއެވެ.
- މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ޑިސެމްބަރ 02 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 ޑިސެމްބަރ 03 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ. މި ބައްދަލުވުމުގައި ބައިވެރިކުރާނީ ހަމައެކަނި ނަންނޯޓް ކުރައްވާ ފަރާތްތައް ކަމުގައިވެސް ދަންނަވަމެވެ.
- ބީލަން ހުޅުވުން އޮންނާނީ 2020 ޑިސެމްބަރ 10 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނައިވާދޫ ސްކޫލް
ހދ. ނައިވާދޫ
ފޯން: 6520537
އީ-މެއިލް: [email protected]
23 ނޮވެމްބަރ 2020
23 ނޮވެންބަރު 2020