ޢާންމު މަޢުލޫމާތު
ނަންބަރު: GS157/2020/IUL10
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 03 ޑިސެންބަރު 2020 11:00
ފެންފުށީ ސްކޫލް
ދިވެހިރާއްޖެ
ސްކޫލްގެ އިމާރާތާއި ގޯތީގެ ސެކިޔުރިޓީ އައުޓް ސޯސްކޮށްގެން ހިންގާބަލަހައްޓާދޭނެ ފަރާތެއް ހޯދުން.

މި ސްކޫލްގެ 2021 ވަނަ އަހަރުގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް އައުޓް ސޯސްކޮށްގެން ހިންގާބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ. މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް  ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. މިބީލަމުގައި ބައިވެރިވެލައްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 24 ނޮވެމްބަރ 2020 ން 26 ނޮވެމްބަރ 2020  އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް މިސްކޫލުގެ އިދާރާ އަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ތިރީގައި ދެންނެވިފައިވާ އެޑްރެސްއަށް ކުންފުނި/ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ، ފޯން ނަންބަރ، ގުޅޭނެ ފަރާތެއްގެ މަޢުލޫމާތު، 26 ނޮވެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން އީމެއިލް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

        މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 02 ޑިސެމްބަރ 2020 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ. ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ  03 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ފެންފުށީ ސްކޫލްގައެވެ.މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފެންފުށީ ސްކޫލް

އދ.ފެންފުށި، ދިވެހިރާއްޖެ.

ފޯން:  6680817 ،9838123 

އީ-މެއިލް: admin@fenfusheeschool.edu.mv

 

23 ނޮވެންބަރު 2020