މަސައްކަތް
ނަންބަރު: (IUL)266/266/2020/144
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:16
ސުންގަޑި: 15 ޑިސެންބަރު 2020 11:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްއިން ހުށަހަޅާ ކުރެހުމަކާއެއްގޮތަށް ކުޅުދުއްފުށީ ބަނދަރު ސަރަޙައްދު ޒީނަތްތެރި ކުރުމަށްޓަކައި ރަށުގެ ނަން ހިމެނޭގޮތަށް މޮނިއުމެންޓެއް ހަދައިދޭނެ ފަރާތެއް ހޯދަން

ކައުންސިލްއިން ހުށަހަޅާ ކުރެހުމަކާއެއްގޮތަށް ކުޅުދުއްފުށީ ބަނދަރު ސަރަޙައްދު ޒީނަތްތެރި ކުރުމަށްޓަކައި ރަށުގެ ނަން ހިމެނޭގޮތަށް މޮނިއުމެންޓެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 24 ނޮވެމްބަރ 2020 (އަންގާރަ) ދުވަހުން ފެށިގެން 29 ނޮވެމްބަރ 2020 (އާދީއްތަ) ދުވަހާއި ދެމެދު މިއިދާރާއަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ.

  • މައުލޫމާތު ދިނުން – 03 ޑިސެމްބަރ 2020 ވާ (ބުރާސްފަތި) ދުވަހުގެ 11:00 ގައި
  • އަންދާސީ ހިސާބު ހުށަހެޅުން – 15 ޑިސެމްބަރ 2020 ވާ (އަންގާރަ) ދުވަހުގެ 11:00 ގައި

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މައުލޫމާތު ސެޝަންގައި ބައިވެރި ވެލެއްވޭނީ ނަންނޯޓް ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެވާހަކަ ދަންނަވަމެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

23 ނޮވެންބަރު 2020